މަރުކަޒީ ބޭންކު، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ އިސްވެރިޔާ އިސްމާއިލް ސާޖިދު ސަސްޕެންޑް ކުރީ ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ކަން އެނގިއްޖެ އެވެ.
މަގާމާ ހަވާލުވެވަވަޑައިގެންނެވިތާ ހަތަރު މަސް ފަހުން ސާޖިދު ސަސްޕެންޑް ކޮށްފައިވާކަން އޭނާ ވަނީ ބައެއް މީޑިއާތަކަށް ކަށަވަރުކޮށްދެއްވާފަ އެވެ.
އެނގިފައިވާ ގޮތުގައި އޭނާ ސަސްޕެންޑްކުރީ އެ ޑިޕާޓްމަންޓުގެ އަންހެން މުވައްޒަފަކު އޭނާ އާ ދެކޮޅަށް ހުށަހެޅި ޖިންސީ ފުރައްސާރައިގެ މައްސަލަ ބަލަން ފެށުމާއި ގުޅިގެންނެވެ. މިކަމާއި ގުޅޭ ގޮތުން އެމްއެމްއޭގެ ބަހެއް ނުލިބެ އެވެ.
އެ މަގާމަށް ސާޖިދު އައްޔަން ކުރެއްވީ މިދިޔަ އޮގަސްޓް މަހުގެ ފަހުކޮޅު އެވެ. އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ, ސަރުކާރު ހިންގާ ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު, އިބްރާހީމް ޝުޖާއު (ޝުޖާ)އަށް ތުހުމަތަކެއް ކުރެވޭ, ފައިނޭންޝިއަލް އިންޓެލިޖެންސް ރިޕޯޓެއް ލީކްވެފައި ވަނިކޮށް, އެފްއައިޔޫގެ އޭރުގެ ވެރިއަކަށް ހުންނެވި އަބްދުﷲ އަޝްރަފް, މަގާމުން ދުރުކޮށްފަ އެވެ.
އެމްއެމްއޭއިން އޭރު ބުނީ އެފްއައިޔޫގެ ވެރިޔާ އަޝްރަފު އެ މަގާމުން ވަކިކޮށް، އެހެން ޑިޕާޓްމެންޓަކަށް ބަދަލުކުރީ ހިންގުން ހަރުދަނާ ކުރުމަށް ގެންނަމުންދާ ސްޓަރަކްޗަރަލް ބަދަލުތަކުގެ ތެރެއިން ކަމަށެވެ.
އެފްއައިޔޫއަކީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން މާލީ މުއާމަލާތްތަކަށް ފާރަވެރިވުމަށް އެމްއެމްއޭގައި އޮންނަ ޔުނިޓެކެވެ. އެތަނުގެ އިސްވެރިއަކަށް ބޭފުޅުން އައްޔަންކޮށް، ވަކިކުރުމުގެ ބާރު އޮންނަނީ އެމްއެމްއޭގެ ގަވަނަރުނަރަށެވެ.
ކުރީގެ ފިލްމު ޑައިރެކްޓަރު ފައްތާހު މަރުވެއްޖެ
އެފްއައިޔޫގެ އިސްވެރިޔާ ސާޖިދު ސަސްޕެންޑްކޮށްފި
ޚާލިދާ ޒިޔާ އަވަހާރަވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ