އިދިކޮޅު އެމްޑީޕީގެ އެކްޓިވިސްޓް މަރްޔަމް ޒުބައިރު (މަންދީ) ރައީސް މުހައްމަދު މުއިއްޒުގެ ދަރިކަލުންގެ އަބުރަށް އަރައިގަތްކަމަށާއި އަދި އެކަމުގެ ޒިންމާ އެމްޑީޕީގެ އޭރުގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ނަންގަވަން ޖެހޭނެކަމަށް ފެމިލީ ކޯޓުން ނިންމި މައްސަލަ އެމްޑީޕީން ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
މިދި ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު ފެމިލީ ކޯޓުން އެ މައްސަލަ ނިންމައި ހުކުމް ކޮށްފައިވާއިރު، ބުނެފައިވަނީ ފަސްޓްލޭޑީ ސާޖިދާ އާއި ރައީސް މުއިއްޒުގެ ދަރިކަލުން އުމެއިރުގެ ކަރާމާތް މަންދީ ނަގާލި ކަމަށެވެ. އެ ގޮތުން އުމައިރު އަށް ގެއްލުމެއް ލިބިފައިވާނަމަ، ބަދަލު ހޯދަން ދައުވާ ކުރެވިދާނެ ކަމަށް ވެސް ހުކުމުގައިވެ އެވެ.
މި އަހަރުގެ މާޗް މަހު މަގުމަތީގައި ބޭއްވި އެއްވުމުގައި ވާހަކަ ދައްކަމުން މަންދީ ބުނެފައިވަނީ ސަރުކާރުން ވޭޕް ބޭންކުރަން ނިންމީ ރައީސްގެ ދަރިކަލުން ވޭޕް ބޭނުން ކުރައްވާތީ ކަމަށެވެ. ރައީސް މުއިއްޒުގެ ދަރިފުޅާ ބެހޭގޮތުން ދެއްކި ވާހަކަތަކާ ގުޅިގެން މަންދީގެ މައްޗަށް މަދަނީ ދަޢުވާއެއް ހުށަހެޅީ މާޗު މަހު އެވެ.
މި މައްސަލާގައި ރައީސްގެ އާއިލާ ތަމްސީލުކުރައްވާ ކުރީގެ އެޓާނީ ޖެނެރަލް އައިޝަތު ޢާޒިމާ ޝަކޫރުގެ ލޯ ފާމުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ރައީސްގެ ދަރިފުޅު އުމައިރު މުޙައްމަދު މުޢިއްޒުއާ ގުޅޭގޮތުން މަންދި ދެއްކި ވާހަކަތަކަކީ އޭނާ އަށް ނުރައްކާވެދާނެ ވާހަކަތަކެއް ކަމަށާއި އަދި އޭނާގެ ތަޢުލީމަށާއި މުސްތަޤްބަލަށް ނޭދެވޭ އަސަރުކޮށްފާނެ ވާހަކަތަކެއް ކަމަށެވެ. އަދި މި ވާހަކަތަކަކީ ކުޑަކުދިންގެ ހައްގުތަކާބެހޭ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަގްވާމީ މުއާހަދާގެ ދަށުން ކަށަވަރުކޮށްދީފައިވާ ރައްކާތެރިކަމާއި ގަދަރަށް އުނިކަން ގެނެސްފައިވާ ވާހަކަތަކެއް ކަމަށް ބަޔާނުގައިވެ އެވެ.
މަންދީގެ ގާނޫނީ ވަކީލު ވިދާޅުވީ މައްސަލަ ނިންމުމުގައި ސިވިލް ކޯޓުން ބަލާފައިވަނީ މަންދި ދެއްކި ވާހަކައާ ގުޅިގެން ކަމާ ބެހޭ އިދާރާތަކުން އެ ވާހަކަތައް ކުށްވެރިކޮށް ނެރެފައިވާ ބަޔާންތަކަށް ކަމަށެވެ.
އެ މައްސަލައިގައި ފެމިލީ ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރީ މަންދީ، ފައްޔާޒު އަދި އެމްޑީޕީގެ ފަރާތުންނެވެ. މިދިޔަ ހަފުތާގައި ހައިކޯޓަށް ހުށަހެޅި އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން އަދި ގޮތެއް ނިންމާފައެއް ނުވެ އެވެ.
ދެން އޮސްކާ އެވޯޑްސް ޔޫޓިއުބުން ބަލާލެވޭނެ!
"އެކޯސް އޮފް ދަ ޓައިޑްސް"އާއެކު ދިވެހި ތާރީހުގެ ތެރެއަށް!
ހުޅުމާލެ ފޭސް 3އިން ދޫކުރި 689 ގޯތީގެ ގުރުލުން ނިންމާލައިފި