ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އެއާލައިންތަކުގެ ރެމިޓެންސް ފައިސާ ސްރީލަންކާގެ ހަޓަން ނެޝަނަލް ބޭންކުގެ އެކައުންޓަކަށް ޖަމާކުރަން އަންގަން ފަށައިފި އެވެ.
ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ފައިދާއެއް ހޯދަމުން އަންނަ އެމްއޭސީއެލް އިން މިގޮތަށް ފައިސާ ޖަމާކުރުމަށް އެންގި ސަބަބު ބުނެދީފައި ނުވާއިރު، ބައެއް ފަރާތްތަކުން ދަނީ މިކަމާ ގުޅިގެން މަނީ ލޯންޑަރިންގެ ތުހުމަތުތައް އެ ކުންފުންޏަށް ކުރަމުންނެވެ.
މީގެ ކުރިން ޖީއެމްއާރް އިން އެއާޕޯޓް ހިންގި ދުވަސްވަރު ފިޔަވައި އެމްއޭސީއެލްގެ އާއްމުދަނީ ބޭރުގެ އެކައުންޓަކަށް ޖަމާނުކުރެ އެވެ. ނަމަވެސް ކުއްލި ގޮތަކަށް ލަންކާގައި ހުރި ބޭންކަކަށް އެ ކުންފުންޏަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް އެއާލައިންތަކަށް އެންގުމުން އެ ދާއިރާގެ ގިނަ ބަޔަކު ދަނީ އެކަމާއި ސުވާލު އުފައްދަމުންނެވެ.
މިކަމާ ގުޅިގެން އެމްއޭސީއެލް ވެސް ސަރުކާރުގެ ގިނަ ކުންފުނިތައް ފަދައިން ކޭޝްފްލޯ ދަތިވެ، ބޭރުގެ ބޭންކަކުން ލޯނު ނެގުމަށް މަސައްކަތް ކުރަމުން ދާކަމުގެ ތުހުމަތުތަކެއް ވެސް ދަނީ ކުރަމުންނެވެ.
މި ތުހުމަތުތަކާއެކު ކަމާގުޅުން ހުރި އިދާރާތަކުން ތަހުގީގު ހިންގަން ޖެހޭ ކަމަށް ފާޑުކިޔާ ފަރާތްތަކުން ވަނީ ބުނެފަ އެވެ. ތުހުމަތުތަކަށް އެމްއޭސީއެލްއިން ވަކި އެއްޗެއް ބުނެފައި ނުވާއިރު، އެ ކުންފުނިން އެއާލައިންތަކަށް ފޮނުވި ކަމަށް ބުނާ ސިޓީއެއް ވެސް ވަނީ ސޯޝަލް މީޑިއާގައި ލީކުވެފަ އެވެ.
މިފަދަ ސީރިއަސް ތުހުމަތުތަކެއް އެމްއޭސީއެލްއަށް ކުރަމުންދާއިރު، އެ ކުންފުނިން ދަނީ ރަސްމާލެ އާއި ހުޅުމާލެ ފޭސް 3 ހިއްކުން އަދި ކުދި ކުދި ރަށްރަށުގައި އެއާޕޯޓު އެޅުމާއި ބައެއް ރަށްރަށުގައި ޖިމް ހެދުން ފަދަ މި ސަރުކާރުން ހިންގާ ދެކޮޅު ނުޖެހޭ ޕްރޮޖެކްޓްތަކަށް ހަރަދު ކުރަމުންނެވެ.
ކަރިޝްމާއާއި އަބީޝޭކްގެ ގުޅުން ނިމުމަކަށް އައީ ކީއްވެ؟
ހުޅުމާލެ ފޭސް 3އިން ދޫކުރި 689 ގޯތީގެ ގުރުލުން ނިންމާލައިފި
މި ޗުއްޓީގައި ދާނެ ތަނެއް ނިންމައިފިންތަ؟