ސ. ހުޅުދޫ އާއި މީދޫގެ އިތުރުން ފޭދޫ ވަކިކޮށް އައްޑޫ ސިޓީ ބައިބައި ކުރަން ބާއްވާ އިންތިހާބު ފެށިގެން ކުރިއަށް އެބަދެ އެވެ.
އެ އިންތިހާބުގެ ވޯޓުލުން ކުރިއަށް ދާނީ މިއަދު ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. ވޯޓުލުން ކުރިއަށް ދާނީ އައްޑޫ އާއި މާލޭގަ އެވެ. މާލޭގައި ހަތް ވޯޓު ފޮށި ބަހައްޓާފައިވާއިރު، ހުޅުދޫ އާއި މީދޫގައި، ކޮންމެ އަވަށެއްގައި ތިން ފޮށި އަދި ފޭދޫގައި ފަސް ފޮށި ވަނީ ބަހައްޓާފަ އެވެ.
ހުޅުދޫ އާއި މީދޫގެ ރައްޔިތުންގެ މެދުގައި ނަގާ ވޯޓުގައި ކުރާ ސުވާލަކީ އެ ދެ ރަށުގައި ވަކި ކައުންސިލެއް އުފައްދަން ފެނޭތޯއެވެ. އަދި ފޭދޫ ރައްޔިތުންނާ ކުރާ ސުވާލަކީ ފޭދޫގައި ވެސް ވަކި ކައުންސިލެއް ގާއިމްކުރަން ފެނޭތޯ އެވެ.
ފޭދޫގެ އާބާދީ އަކީ 5،810 އެވެ. ހުޅުދޫ އާއީ މީދޫގެ އާބާދީ އެއްކޮށްލުމުން 6،845 އަށް އަރަ އެވެ.
އެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަކީ 9576 އެވެ. 9:30އާ ހަމައަށް 300އަށް ވުރެ ގިނަ މީހުން ވަނީ ވޯޓުލައިފަ އެވެ.
އައްޑޫގެ ތަރައްގީއަށް އެކުގައި މަސައްކަތް ކުރަންޖެހޭ: ނިޒާރު
ވަގުތު ހަމަވިއިރު ވޯޓު ލީ އެންމެ 35 އިންސައްތަ މީހުން
ސިނގިރޭޓް ވައްކަމާ ގުޅިގެން އިތުރު 3 މީހަކު ހައްޔަރުކޮށްފި