ލޭގައި ހީމޮގްލޮބިން މަދުވުމުން ނުވަތަ އެނީމިއާ ޖެހުމުން، ހަށިގަނޑަށް ބޭނުންވާ މިންވަރަށް އޮކްސިޖަން ފޯރު ކޮށްދިނުމަށް ހުރަސްނއެޅެ އެވެ.
މީގެ ސަބަބުން ވަރުބަލިވުމާއި، ބޯ އަނބުރާ ގޮތްވުމާއި އަދި ހަންގަނޑު ހިކުން ކަންކަން ކުރިމަތިވެ އެވެ. އާއްމުގޮތެއްގައި މިފަދަ ހާލަތެއް މެދުވެރިވަނީ ހަމައެކަނި ހަށިގަނޑުގައި ދަގަނޑުގެ ބައި މަދުވުމުން ކަމަށް ބެލެވުނު ނަމަވެސް އެއީ ހަގީގަތެއް ނޫނެވެ.
މަޝްހޫރު ނިއުރޮލޮޖިސްޓެއް ކަމަށްވާ ޑރ. ރާހުލް ޗާވްލާ ފާހަގަ ކުރައްވާފައިވާ ގޮތުގައި، ހީމޮގްލޮބިން ދަށްވުމަށް މެދުވެރިވާ މައިގަނޑު އެހެން ސަބަބުތަކެއް ވެސް ވެ އެވެ.
1. ކާނާގެ އެހެނިހެން މާއްދާތައް މަދުވުން
ހީމޮގްލޮބިން އުފެދުމުގައި ދަގަނޑުގެ އިތުރުން ވިޓަމިން ބީ12 އަދި ފޮލިކް އެސިޑް ފަދަ މާއްދާތައް ހަށިގަނޑަށް ބޭނުންވެ އެވެ. މިފަދަ މާއްދާތައް މަދުވުމުގެ ސަބަބުން ވެސް ސިއްހަތު ރަނގަޅު ރެޑް ބްލަޑް ސެލް އުފެއްދުމަށް ހުރަސްއެޅި އެނީމިއާއަށް މަގުފަހިވެ އެވެ.
2. ހަށިގަނޑުން ލޭ ބޭރުވުން
ބައެއް ފަހަރު ހީމޮގްލޮބިން ދަށްވަނީ ލޭ އުފެދުމުގައި މައްސަލައެއް އުޅެގެންނެއް ނޫނެވެ. ނަމަވެސް ހަށިގަނޑުން ލޭ މަ މަޑުމަޑުން މަދުވަމުން ދިއުމުގެ ސަބަބުންނެވެ. އަންހެނުންނަށް މައްސަރު ކަންތައް ބޮޑުކޮށް ޖެހުމާއި، ގޮހޮރުގައި ފާރު އުފެދުން ނުވަތަ ގިނައިން ތަދު ކަނޑުވާ ބޭސް ބޭނުން ކުރުމުގެ ސަބަބުން ވެސް ލޭ މަދު ވެދާނެ އެވެ.
3. ރެޑް ބްލަޑް ސެލްތައް އަވަހަށް ހަލާކުވުން
ހަށިގަނޑުގައި އާ ރެޑް ބްލަޑް ސެލް އުފެދޭ މިންވަރަށް ވުރެ އަވަހަށް ސެލްތައް ހަލާކުވުމަކީ ވެސް އެނީމިއާ ޖެހޭ ސަބަބެކެވެ. މިއީ ވަރަށް ގިނަ ފަހަރަށް ވާރުތަކުރާ ކަމެކެވެ.
4. ކިޑްނީގެ ބަލިތަކާއި ދިގުދެމިގެންދާ ބަލިތައް
ކިޑްނީގެ ބަލިތަކުގެ އިތުރުން ޓީބީ، ކެންސަރު އަދި ރާއްޖެ ބަލި ފަދަ ދިގުދެމިގެންދާ ބަލިތަކުގެ ސަބަބުން ހަށިގަނޑުގައި ދުޅައިގެ އަސަރު އުފެދި ހީމޮގްލޮބިން ދަށްވެ އެވެ. މިފަދަ ހާލަތްތަކުގައި އެންމެ ރަނގަޅު ގޮތަކީ އެ ބައްޔަކަށް ފަރުވާ ހޯދުމެވެ.
5. ޖެނެޓިކް މައްސަލަތަކާއި ބޯންމެރޯގެ މައްސަލަތައް
ތެލެސީމިއާ ފަދަ ވާރުތަކުރާ ބަލިތަކާއި ބޯންމެރޯގެ މައްސަލަތަކުގެ ސަބަބުންވެސް ލޭ ދަށްވެ އެވެ. މިފަދަ ހާލަތްތަކުގައި ހަމައެކަނި ދަގަނޑުގެ ބޭސް ކެއުމަކުން މައްސަލައަށް ހައްލެއް ނުލިބޭނެ އެވެ.
ސަމާލުކަމަށް: މިއީ ހަމައެކަނި މަޢުލޫމާތު ދިނުމަށް ލިޔެފައިވާ ލިޔުމެކެވެ. ސިއްހީ ކަންކަމުގައި އަބަދުވެސް ޑޮކްޓަރެއްގެ ލަފާ ހޯއްދަވާށެވެ.
އައިސީސީއަށް ފިޔަވަޅު އެޅުމުން އދ އިން ކަންބޮޑުވުން ފާޅުކޮށްފި
ރަޝިޔާ މާކެޓް ފުޅާކޮށް ފްލައިޓްތައް އިތުރުކުރަން އެއްބަސްވެއްޖެ
އިމްރާން ހޮސްޕިޓަލަށް ގެންދަން ކުރި އަމުރު އިސްތިއުނާފްކުރަނީ