ކަނޑައެޅިފައިވާ ވަގުތު ހަމަވިއިރު، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ރައީސް ކަމަށް ކުރިމަތިލެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނު އެކަނި ކަމަށް އެ ޕާޓީން ބުނެފި އެވެ.
މި މަހުގެ 30 ވަނަ ދުވަހުގެ ރޭ ބާއްވާ ގައުމީ ޖަލްސާގައި އެ ޕާޓީގެ މަގާމްތަކަށް ބޭފުޅުން އިންތިހާބު ކުރަން ވަނީ ހަމަޖެހިފައެވެ. ލީޑާޝިޕްގެ 20 މަގާމަކަށް 50 ބޭފުޅުން ކުރިމަތިލެއްވި އެވެ.
ގައުމީ ޖަލްސާގައި ދެ ނައިބު ރައީސުންނާއި ސެކްރެޓަރީ ޖެނެރަލްގެ މަގާމަށާއި ރަޖިސްޓެރާގެ މަގާމަށް ބޭފުޅުން ހޮވާނެ އެވެ.
ޕީއެންއެފްގައި އިސްކޮށް އުޅުއްވާ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވީ އެ ޕާޓީގެ 20 މަގާމަކަށް ކުރިމަތިލުމުގެ ސުންގަޑި މިއަދުގެ ހަވީރު 6:00 އަށް ހަމަވިއިރު، 55 ބޭފުޅުން ކުރިމަތިލެއްވި އެވެ.
ޕީއެންއެފްގެ އިންތިގާލީ ރައީސްގެ ގޮތުގައި ހުންނެވީ ޒެއިން އަބްދުﷲ ޔާމީނެވެ.

އަލިފާނާ ގުޅިގެން އިންތިހާބަށް ބުރުލެއް ނާރާނެ: އީސީ
އަލިފާނުގެ ސަބަބުން 10 ގޭގެ 77 މީހަކަށް ވަގުތީ ބޯހިޔާވަހިކަން
ފްލައިޓެއް ތެރޭ ހަމަނުޖެހުން ހިންގި ދިވެއްސަކު ހައްޔަރު ކޮށްފި
