މިހާރު ކުރަމުންދާ ވިއްސާރަ މިއަދު މެންދުރު ފަހުން ފެށިގެން އަލިވާން ފަށާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފި އެވެ.
މެޓް އޮފީހުން ވަނީ ކ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ހުދު ސަމާލު ނެރެފަ އެވެ. ހުދު ސަމާލު ނެރެފައި ވަނީ ފަތިހު 5:00 އިން ހެނދުނު 10:00 އަށެވެ.
މެޓް އޮފީހުން ބުނީ ބޯކޮށް ވާރޭވެހުމާ އެކު ގުގުރުން ވެސް އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ އޮފީހުން ބުނެ އެވެ.
މެޓް އޮފީހުން ލަފާކުރާ ގޮތުގައި އުތުރާއި މެދު ރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ އެވެ. އަދި ވިލާގަނޑުގައި ވެސް ގަދަވާނެ ކަމަށް ވެސް ބުނެ އެވެ. އޭގެ އިތުރުން ދެކުނުގެ އަތޮޅުތަކަށް އާދައިގެ ވަރަކަށް ކަނޑުތައް މަޑުވާނެ ކަމަށް ވެސް މެޓް އޮފީހުން ބުނެ އެވެ.
އެ އޮފީހުން ބުނީ ހުކުރު ދުވަހުގެ މެންދުރު ކުރި ވިއްސާރަ ކުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށެވެ. ނަމަވެސް މެންދުރު ފަހުން ފެށިގެން މުޅި ރާއްޖެއަށް ވެސް ވިއްސާރަ ކުރާވަރު މަދުވާނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ.
މެޓް އޮފީހުން ބުނީ ހޮނިހިރު ދުވަހުން ފެށިގެން ވިއްސާރަ އަލިވާނެ ކަމަށެވެ. އަދި ހުރިހާ ހިސާބަކަށް ވެސް ހޮނިހިރު ދުވަހުން ފެށިގެން މޫސުން އަލިވާން ފަށާނެ ކަމަށް އެ އޮފީހުން ބުނެ އެވެ.
ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ވަކިކޮށްފި
ޕްރައިމަރީގެ ކެމްޕެއިން ފެއްޓެވުމަށް ޝާހިދު މާދަމާ އައްޑުއަށް