ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް 20 ރުފިޔާއިން މަތިން ރީލޯޑް ކޮށްގެން ކޮންމެ ދުވަހަކު އަދި ކޮންމެ ހަފްތާއަކު އަގުހުރި އިނާމުތައް ހޯދުމުގެ ރަނުގެ ފުރުސަތު ދިރާގުން ހުޅުވައިލައިފި އެވެ.
މި ހާއްސަ އިނާމުތަކަކީ:
- ކޮންމެ ދުވަހަކު 100ޖީބީ ޑޭޓާ
- އައިފޯން 17 ޕްރޯ
- ރޭބަން މެޓަ ސްމާޓް ގްލާސެސް
- ޕީއެސް 5 ޕްރޯ ސީޑީ ވަރޝަން
- ނިންޓެންޑޯ ސްވިޗް
ދިރާގުގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު 11 ނޮވެމްބަރު 2025ގެ ނިޔަލަށް ހުޅުވާލެވިފައިވެ އެވެ. ދިރާގު އެޕް، ދިރާގު ޕޭ، މައިއެކައުންޓް، އަދި ދިރާގު ޕާޓްނަރ ޝޮޕްތައް މެދުވެރިކޮށް 20 ރުފިޔާ ނުވަތަ 20 ރުފިޔާއިން މަތިން ރީލޯޑްކޮށްގެން ކޮންމެ ޕްރިޕެއިޑް ކަސްޓަމަރަކަށްވެސް ގުރުއަތުގައި ބައިވެރި ވުމުގެ ފުރުސަތު ލިބޭނެ އެވެ.
ދިރާގުން ޕްރިޕެއިޑް ކަސްޓަމަރުންގެ އެކި ބޭނުންތަކަށް އަމާޒުކޮށްގެން ފަރުމާކުރެވިފައިވާ ޕްރިޕެއިޑް ޕްލޭންތައް ލިބެންހުރެ އެވެ. ދިރާގުން ދަނީ ތަފާތު އެކި ޕްރޮމޯޝަންތައް ހިންގައި އެ ކުންފުނީގެ ކަސްޓަމަރުންނަށް އެންމެ އަގުހުރި އޮފަރތަކާއި އިނާމުތައް އަދި އެންމެ ފަހުގެ ހިދުމަތްތަކާއި ތަޖުރިބާތައް ފޯރުކޮށްދެމުންނެވެ.