ކުޅުދުއްފުށި ސިޓީން ކުއްލި ގޮތަކަށް ކަރަންޓު ކެނޑި، ގަޑިއިރެއް ފަހުން ކަރަންޓް ލިބިއްޖެ އެވެ.

ކުޅުދުއްފުށިން ވާހަކަދެއްކި މީހަކު ބުނީ އިރުއޮއްސި 6:15 ހާއިރު މުޅި ރަށުން ކަރަންޓްގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ. ކަރަންޓް ކެނޑުމާއެކު އެ ރަށު އެއާޕޯޓްގެ އޮޕަރޭޝަންތައް ވެސް ހުއްޓުމަކަށް ވަނީ އައިސްފަ އެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ އެ ސިޓީން ކަރަންޓް ކެނޑުނީ ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެ އެވެ.

ކަރަންޓް ކެނޑުމަށްފަހު މިރޭ 7:15 ހާއިރު އަނބުރާ ވަނީ ކަރަންޓް ދީފައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަރަންޓް ކެނޑުމުގެ މައްސަލަތައް ދޭތެރެ ދޭތެރެއިން ދިމާވެ އެވެ. އެގޮތުން މިއަދު ފުވައްމުލައް ސިޓީން ވެސް ވަނީ ދެ ގަޑިއިރަށްވުރެ ގިނަ ވަގުތަށް ކަރަންޓްގެ ހިދުމަތް މެދުކެނޑިފަ އެވެ.

އައްޑޫ ސިޓީ އާއި މާލެއިން ވެސް އެކި ދުވަސްމަތިން ގިނައިރުތަކަށް ކަރަންޓް ކެނޑިފައިވެ އެވެ.