މީގެ ފަސް އަހަރު ކުރިން ހިނގި ހާދިސާއެއްގައި ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ކަމަށް ބުނެ އާއްމުންގެ މީހަކު ލަވަކިޔުންތެރިޔާ ކާޑިބީއަށް ދައުވާ ކޮށްފި އެވެ.
އެ މައްސަލައަކީ 2018 ވަނަ އަހަރު ކާޑިބީ އޭނާގެ ދަރިފުޅަށް ބަލިވެ އިން ދުވަސްވަރު ޑޮކްޓަރަށް ދައްކަން ދިޔަ މެޑިކަލް ކްލިނިކެއްގެ ސެކިއުރިޓީ ގާޑެއް ހުށައަޅާފައިވާ މައްސަލަ އެކެވެ.
އިމާނީ އެލިސް ނަމަކަށް ކިޔާ އެ ސެކިއުރިޓީ ގާޑު ހުށައެޅި މައްސަލާގައި ބުނެފައިވަނީ ކާޑިބީ ޑޮކްޓަރަށް ދައްކަން ދިޔަ ދުވަހެއްގައި އޭނާ ކޮއްޕާލާ އޭނާގެ ގަޔަށް ކުޅު ޖަހާފައިވާ ކަމަށެވެ.
އެ ހާދިސާއަށްފަހު އޭނާއަށް ނަފްސާނީ ގެއްލުން ލިބިފައިވާ ކަމަށާއި ޖިސްމާނީ ފުރައްސާރައިގެ ބަދަލުގެ ގޮތުގައި 23 މިލިއަން ޑޮލަރު ހޯދުމަށް ވެސް އިމާނީ އޭނާގެ މައްސަލާގައި އެދިފައިވެ އެވެ.
މި މައްސަލައިގެ އަޑުއެހުންތައް މިހާރު ކުރިއަށްދާއިރު އެ އަޑުއެހުންތަކުގެ ވީޑިއޯތައް ވެސް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެގޮތުން ކާޑިބީ އޭނާގެ ދިފާއުގައި އޭނާގެ ލަވަތަކުގެ ރެޕް ބޭނުންކުރެ އެވެ.
ފަސް އަހަރު ފަހުން އިމާނީ ބަދަލު ހޯދަން ކޯޓަށް ދިޔައީ ފައިސާގެ ދަހިވެތި ކަމުގައި ކަމަށް ގިނަ ބަޔަކު ބުނަމުން އަންނައިރު ކާޑިބީއަށް ގިނަ ބައެއްގެ ތާއީދު އަންނަނީ ލިބެމުންނެވެ.