ރައީސް މުއިއްޒުގެ ސަރުކާރަށް ދެ އަހަރުވެގެން ދާއިރު އެއްވެސް މުއައްސަސާއެއްގެ އޯޑިޓެއް ނުހެދޭ ކަމަށާއި ރައްޔިތުންގެ މަޖިލިސް. އެއޮތީ އޮޅުހިޔާ ފެސިޓިއަކަށް ހަދާ ބާރުތައް ކަނޑުވާލާފައި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހުގެރޭ ކުރިއަށް ދިޔަ ޕީއެންއެފްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެ އެވެ.
މިހާރު މި ސަރުކާރުގައި ހިނގަމުންދާ ކޮރަޕްޝަންގެ ބޮޑެތި އަމަލުތައް ނުބެލެނީ ރައީސް ޑރ މުހައްމަދު މުއިއްޒަށް އެކަމުގެ ފައިދާ ވާތީ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ، ސަރުކާރުގެ ބޮޑެތި ކުންފުނިތަކަށް ލިބޭ އާމްދަނީއާ އަދި އެ ކުންފުނިތަކަށް ވަންނަ ފައިސާއަށް ވާގޮތެއް އޮޑިޓަރ ޖެނެރަލް ބަލަން ޖެހޭ ނެ ކަމަށާ އޯޑިޓަރ ޖެނެރަލްގެ އޮފީހުން ދެ އަހަރު ވެގެންދާއިރު އޮޑިޓުތައް ފުރިހަމަ ކުރަން ޖެހޭނެ ކަމަށެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، އޮޑިޓަރ ޖެނެރަލްއަށް ޒިންމާ އަދާނުކުރެވޭނަމަ ޒިންމާދާރުކުރުވަން ދެން އޮތް މުއައްސަސާ، އަކީ ރައްޔިތުންގެ މަޖިލިސް ކަމަށާއި ނަމަވެސް ރައްޔިތުންގެ މަޖިލިސް އޮތީ އޮޅުހިޔާ ފެސިޓީއަކަށް ހަދާ ރައީސް މުއިއްޒު ކޮރަޕްޝަންގެ މައްސަލަތައް ބަލަން ހުރި ދޮރުތައް ބަންދުކުރައްވާފައި ބާރުތައް ކަނޑުވާލާފައި ކަމަށެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ ޝާމިލް އޭސީސީގައި ބަހައްޓައިގެން އުޅެނީ މި ސަރުކާރުން ހިންގާ ކޮރަޕްޝަންގެ މައްސަލަތައް ނުބަލާނެ ކަމުގެ ޔަގީންކަން މުއިއްޒަށް އޮތުމުން ކަމަށެވެ.