ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝޯޝަލް މީޑިއާ މެދުވެރިކޮށް މަރުގެ އިންޒާރުދިން މީހާގެ ބަންދަށް 10 ދުވަސް ދީފި އެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ތ. ތިމަރަފުށި، މަލަސް، މަސީހު މޫސާއެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ރިމާންޑް ޖަލެއްގައި ބަންދުކޮށްފައި ބަހައްޓަން ވަނީ އަމުރުކޮށްފަ އެވެ.
ފުލުހުން ރޭ ވަނީ ކޯޓް އަމުރެއްގެ ދަށުން މަސީހުގެ ފޯނު ވެސް ހިފަހައްޓާފަ އެވެ.
އެމަނިކުފާނަށް މަރުގެ އިންޒާރު ދީފައި ވަނީ ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބު ދޭން މަޝްވަރާއަށް ދާން ހުށަހެޅުމުންނެވެ.
ރައީސް އެކްސްގައި ވިދާޅުވެފައި ވަނީ މސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި ރާއްޖެއަށް އެތެރެ ކުރާ މީހުންނަށް މަރުގެ އަދަބު ލިބޭގޮތަށް ހަރުކަށި ބަދަލުތަކެއް ގެންނަން ހުށައަޅުއްވާފައިވާ ކަމަށެވެ. މިކަމާ ގުޅިގެން ނޫހަކުން ހަދާފައިވާ ޚަބަރެއް ސޯޝަލް މީޑިއާގައި ހިއްސާކޮށް، މަސީހް ވަނީ ރައީސަށް ހުތުރުބަހުން މުޚާތަބުކޮށް "މަރާލަން ޖެހޭ"ކަމަށް ލިޔެފައެވެ.
ކަނޑުއޮޅިން ދަތުރުކުރުމުގެ ފުރުސަތު އެބައޮތް: އީރާން
ޑައިވިންއަށް ދިޔަ އިޓަލީގެ އެކަކު މަރުވެ، އިތުރު 4 މީހަކު ހޯދަނީ
"ބޮޑު އީދަށް ރިސޯޓަށް" ފުރަތަމަ ނަސީބުވެރިޔާ އިއުލާންކޮށްފި
