ހުޅުމާލޭގައި މީހެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓްވުމުން ފިލި މީހަކު ހައްޔަރުކޮށްފިއެވެ.
މިދިޔަ ހޯމަ ދުވަހު ހިނގި އެ ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގއ. މާމެންދޫ، މޫންލައިޓްވިލާ، މުހައްމަދު ނާޝިއު 20، އެވެ.
އޭނާ އަކީ އެކްސިޑެންޓުވި ސައިކަލު ދުއްވި މީހާއެވެ. އަދި އޭނާ އަކީ ސައިކަލު ދުއްވުމުގެ ލައިސަންސް ނެތް މީހެއް ކަމަށް ފުލުހުން ބުންޏެވެ.
އެ އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ ހުޅުމާލެ ފޭސް އެކެއް ނިރޮޅުމަގު، އައިއޯއެން ފިހާރަ ކުރިމަތީގައި އޮންނަ ކަފިހިހުރަސް މަތިން މަގު ހުރަސްކުރި އުމުރުން 54 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.
އެ މީހާއަށް ސީރިއަށް އަނިޔާތަކެއް ލިބިފައިވާތީ އައިޖީއެމްއެޗް ދަނީ ފަރުވާދެމުންނެވެ.
"ޖަރުމަނަކީ މިހާރު އެންމެ މަތީ ފަންތީގެ ޓީމެއް ނޫން"
ދިރާގުގެ ސީއީއޯ އިސްމާއިލް ރިޓަޔާކުރައްވައިފި
އެމެރިކާ މޮޅުވެއްޖެ ނަމަ ހަނދަށް ބޯޅައެއް ފޮނުވާނަން: ނާސާ
