ގިނަ ބައެއްގެ ޓެލެގްރާމް އެކައުންޓުތައް ހެކްވެގެން އިއްޔެ ރިޕޯޓުކޮށްފައިވާތީ، ސަމާލުވާން ފުލުހުން އަންގައިފި އެވެ.
ހެކްކުރި އެކައުންޓުތަކުގެ ތެރޭގައި ބައެއް އިސް ވިޔަފާރިވެރިންނާއި ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތްކުރާ މީހުންގެ އެކައުންޓުތައް ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މީގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެކައުންޓު ވެސް ހިމެނެ އެވެ. މި ހެކިން ހަމަލާތައް އާންމުކޮށް ހިންގަނީ ނުދަންނަ ނަންބަރުތަކުން ފޮނުވާ ލިންކުތަކަށް ފިތުމުން ކަމަށް ފާހަގަކުރެވިފައިވާތީ، ފުލުހުންގެ އެންޓި- ސްކޭމް ސެންޓަރުން ވަނީ އާންމުންނަށް ސަލާމަތީ ފިޔަވަޅުތަކެއް އެޅުމަށް އިރުޝާދު ދީފަ އެވެ.
މީގެ ތެރޭގައި ޓެލެގްރާމްގެ ސެޓިންގްސް ބަދަލުކުރުމާއި، ނުދަންނަ ފަރާތްތަކުން ފޮނުވާ ލިންކުތަކަށް ނުފިތުން ހިމެނެ އެވެ.
ފުލުހުން ވަނީ މިފަދަ ހާދިސާއެއް ދިމާވެއްޖެނަމަ ވަގުތުން ރިޕޯޓުކުރުމަށްވެސް އާންމުންނަށް އިލްތިމާސްކޮށްފަ އެވެ. މި މައްސަލައާ ގުޅޭ އިތުރު ތަހުގީގުތައް ކުރިއަށްގެންދާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
25 ޕަސެންޓް ފައިދާއާއެކު ޑޮލަރު އިންވެސްޓްކުރެވޭ ގޮތް ހަދައިފި
އީރާނާއި އެމެރިކާގެ މަންދޫބުން މަޝްވަރާއަށް ދޯހާއަށް ގޮސްފި
ހޮލީވުޑް: ޖުލައި މަހު ރިލީޒްކުރާ މަޝްހޫރު ފިލްމުތައް!
