ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ފެށުމަށްފަހު، ބޮޑު އީދު ބަންދަށް މެދުކެނޑުނު މަޖިލީހުގެ މަސައްކަތް ގަވާއިދާ އެއްގޮތަށް މިއަދު ނުބޭއްވުނެވެ.
މަޖިލީހުގެ ސީނިއާ މީޑިއާ އޮފިސާ އަހުމަދު މާން އަސްއަދު ވިދާޅުވި ގޮތުގައި މިއަދު މަޖިލީހުގެ ޖަލްސާއެއް ނުބޭއްވޭނެ އެވެ. އަދި ކޮމިޓީ ބައްދަލުވުމެއްވެސް ތާވަލުކުރެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް ޖަލްސާ ނުބޭއްވޭ ސަބަބެއް އޭނާ ހާމަކުރައްވާފައެއް ނުވެ އެވެ. މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، ދައުރުގެ ތެރޭގައި ހަފްތާއަކު ތިން ދުވަހު މަޖިލީހުގެ ޖަލްސާތައް ބާއްވަންޖެހެ އެވެ. އެހެންނަމަވެސް، މިހާރު މަޖިލީހުގެ ޖަލްސާތައް ބާއްވަމުންދަނީ ގަވާއިދުން ނޫންކަން ފާހަގަކުރެވެ އެވެ.
މިކަމާ ގުޅިގެން، ސަރުކާރުން ބޭނުންވާ ހިނދެއްގައި އެކަނި މަޖިލީހުގެ ޖަލްސާތައް ބާއްވަމުންދާ ކަމަށް ބައެއް ފަރާތްތަކުން މީގެ ކުރިންވެސް ތުހުމަތުކޮށްފައިވެ އެވެ.
މިއަހަރުގެ ފުރަތަމަ ދައުރުގައި މަޖިލީހުން 32 ޖަލްސާ ބާއްވައި، 9 ބިލެއް ފާސްކޮށްފައިވާއިރު، ދެވަނަ ދައުރުގެ ޖަލްސާތައް އަދިވެސް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާކަން ފާހަގަކުރެވެ އެވެ.
ޕީސީބީގެ ރައީސް ކަމަށް ނިޒާރު އައްޔަންކުރައްވައިފި
ލަމްއާނަށް ދިނީ ޑިމޯޝަނެއް! އެމްޕީއެލްގެ ބޯޑު މެމްބަރަކަށް
ސާދިމް "ދަބޭކާ ބޯއީ"ގެ ކޭކުތައް މާމީރު!
