މިދިޔަ މަހު މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި ބަންދުކޮށްފައިވާ ރައުދު އަހުމަދު ޒިލާލުގެ މައްސަލަ ހައި ކޯޓުން މިއަދު ބަލައިގެންފި އެވެ.
ޔުމްނު ވެއްޓުނު ރޭ އޭނާއާއެކު އުޅުނު ރައުދު ހައްޔަރުކޮށް,ތިން ފަހަރެއްގެ މަތިން ވަނީ އޭނާގެ ބަންދުގެ މުއްދަތު ވަނީ އިތުރު ކޮށްފައެވެ. އެގޮތުން އެންމެ ފަހުން އޭނާގެ ބަންދަށް 20 ދުވަސް އިތުރު ކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ބަންދުކުރި މައްސަލަ ރައުދުގެ ފަރާތުން ހައި ކޯޓަށް މިދިޔަ ބުރާސްފަތި ދުވަހު ހުށަހެޅި އިސްތިއުނާފުގެ މައްސަލަ އެ ކޯޓުން ބަލައިގަތީ މިއަދެވެ.
އެ މައްސަލާގައި ރައުދު ހައްޔަރު ކުރިއިރު, އިތުރު އަށް މީހަކު ފުރުން މަނާކޮށް ވަނީ ފޯނުތައް ވެސް އަތުލައިފަ އެވެ. އެ ހާދިސާގައި ޔުމްނުއަށް ލިބުނު އަނިޔާތަކާ ގުޅިގެން އިތުރު ފަރުވާއަށް މެލޭޝިއާއަށް ވަނީ ފޮނުވާލައިފަ އެވެ.
އެ މައްސަލާގައި ފުލުހުންނަށް އަމާޒުވި ފާޑުކިޔުންތަކާއި މުޒާހަރާތަކާ ހެދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެކަން ބެލުމަށް ރިޔާސީ ކޮމިޝަނެއް އުފައްދަވައިފަ އެވެ.
ހޮލީވުޑް: ޖުލައި މަހު ރިލީޒްކުރާ މަޝްހޫރު ފިލްމުތައް!
ކޮންސެޓްގެ ތެރެއިން ހެރީ ސްޓޭޖް މައްޗަށް ވެއްޓުނީ ކީއްވެ؟
ފައިނޭންޝަލް އެކްސްޕޯއަށް ޒިޔާރަތްކޮށްގެން 25،000ރ. ހޯދިދާނެ