ހެންވޭރުގެ ގެއަކުން މަރުވެ، ކުނިވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
މަރުވެފައި އޮއްވާ ފެނުނީ ގ. ލަންކާ، އަބްދުﷲ މުފީދު 46، އެވެ. މި މީހާ މަރުވެފައި އޮންނަތާ ހަތަރު ވަރަކަށް ދުވަސް ވެދާނެ ކަމަށް އެ ސަރަހައްދުގައި ދިރއުޅޭ މީހުން ބުންޏެވެ.
"އަޅުގަނޑުމެންނަށް ނޯށް ދަމާލަން ނުކުރެވޭ ވަރަށް ކުނިވަސް ދުވާތީ ފުލުހުންނަށް ރިޕޯޓް ކުރީ. މިހާރު މި ވަހެއްދުވަން ފެށިތާ ހަތަރު ވަރަކަށް ދުވަސްވެއްޖެ،" އެ މީހާ ބުންޏެވެ.
ފުލުހުން ބުނީ އޭނާ މަރުވެފައި އޮއްވާ ފެނުނީ ހެންވޭރު ގެއެއްގެ ހަތަރު ވަނަ ފްލޯގެ ފާޚާނާގެ ތެރޭގަ އެވެ. އަދި އޭނާގެ ހަށިގަނޑު އޮތީ ކުނިވެފަ އެވެ. އެ މީހާ މަރުވި ސަބަބެއް ފުލުހުން ނުބުނެ އެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
އައިފޯން 18 ޕްރޯއާ ގުޅޭ މުހިންމު މައުލޫމާތުތަކެއް ލީކްވެއްޖެ
ފައިނޭންޝަލް އެކްސްޕޯއަށް ޒިޔާރަތްކޮށްގެން 25،000ރ. ހޯދިދާނެ
އެތެރޭގެ އުދުހުންތައް އަގު ހެޔޮކުރުން ވާނީ ގޮންޖެހުމަކަށް: އަމީން
