މާލޭގައި މީހަކަށް ވަޅިން ހަމަލާދީފި އެވެ.
ފުލުހުން ބުނީ މިރޭ 20:35 ހާއިރު ސަބްދެލިމަގު ޗާންދަލިޔާ ކައިރީގައި ހުރި އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެއްގެ ގަޔަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލާފައިވާ މައްސަލައެއް މިރޭ ހުށަހަޅާފައިވާ ކަމަށެވެ.
ޒަހަމްވެފައިވާ މީހާ އަކީ މަސްތުވާތަކެތީގެ ރެކޯޑް އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ހޮލީވުޑް: ޖުލައި މަހު ރިލީޒްކުރާ މަޝްހޫރު ފިލްމުތައް!
ޝީއިން އާއި ޓެމޫ ކޮންޓްރޯލް ކުރަން ފްރާންސްގައި ގާނޫނެއް
"ޖަރުމަނަކީ މިހާރު އެންމެ މަތީ ފަންތީގެ ޓީމެއް ނޫން"
