ކުރިން ހުއްދަ ހޯދުމަކާ ނުލައި މުޒާހަރާ ކުރެވޭ އިތުރު ތިން ސަރަހައްދެއް ހޯމް މިނިސްޓްރީން ކަނޑައަޅައިފި އެވެ.
މިހާރު އޮންނަ ގޮތުން ކުރިން ހުއްދަ ނުނަގައި މުޒާހަރާ ކުރެވޭނީ ހަމައެކަނި ކާނިވާ ސަރަހައްދުގައި އެކަންޏެވެ.
ހޯމް މިނިސްޓްރީން ގެޒެޓްކުރި އިއުލާންގައިވާގޮތުން ހެންވޭރު ކާނިވާ ސަރަހައްދުގެ އިތުރުން ރަސްފަންނު ސަރަހައްދާއި މާލޭ ހުޅަނގު ދެކުނު ހިއްކި ސަރަހައްދާއި އުސްފަސްގަނޑު ސަރަހައްދުގައި ކުރިން ހުއްދަ ނުނަގައި މިހާރު މުޒާހަރާ ކުރެވޭނެ ކަމަށެވެ.
އެފަދައިން ކަނޑައެޅީ މާލޭގައި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ފުރުސަތު އިތުރަށް ފަހިކުރުމުގެ ގޮތުން ކަމަށް އެ އިއުލާނުގައިވެއެވެ.
މުޒާހަރާ ކުރުމުގެ ފުރުސަތު އިތުރަށް ފަހިކުރާ ކަމަށް ސަރުކާރުން ބުނިއިރު، މާލޭގައި ޒުވާނުން ކުރި މުޒާހަރާ ބާރުގެ ބޭނުންކޮށްގެން ފުލުހުން ރޭ ވަނީ ރޫޅާފަ އެވެ. މުޒާހަރާގެ ބައިވެރިންގެ ގަޔަށް ޕެޕަސްޕްރޭ ޖަހައި މުޒާހަރާގެ ތެރެއަށް ފުލުހުން ވަދެގަނެ ހިންގި އަމަލުތަކުގެ ސަބަބުން ބައެއް މީހުންނަށް ވަނީ އަނިޔާވެފަ އެވެ.
ބީއެމްއެލްގެ 1،224 ފްލެޓްގެ އަމަލީ މަސައްކަތް ފަށައިފި
ފުވައްމުލަކާއި ފޯޅަވަހި: ހިތާއި ހިތުގެ ގުޅުމެއް
2027 ގެ އީދުގައި ސަލްމާންގެ ފިލްމެއް؟
