މާލޭގެ ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވައި މިދިޔަ ހުކުރު ދުވަހުގެ ހެނދުނު ފެނުނު އަންހެން މީހާ ވައްޓާލީ ނޫންކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ކަށަވަރުވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ހެންވޭރުގެ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި ވަނީ 21 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާއަށް ފަރުވާދެމުން ދަނީ އައިޖީއެމްއެޗްގަ އެވެ. ހާލު ސީރިއަސްވެ ވެންޓިލޭޓަރުގައި ފަރުވާދިނުމަށްފަހު، މިހާރު އޭނާގެ ހާލު ރަނގަޅުވެ، ވެންޓިލޭޓަރުން ވަނީ ނަގާފަ އެވެ.
މި ހާދިސާއާ ގުޅޭ ގޮތުން މައުލޫމާތު ދޭން ފުލުހުން ކުއްލި ގޮތަކަށް ބޭއްވި "ކްލޯސްޑޯ" ނޫސްވެރިންގެ ބައްދަލުވުމުގައި އެ ހާދިސާ ހިނގި ވަގުތުގެ ސީސީޓީވީ ފުޓޭޖުތައް ދެއްކި އެވެ. އެ ފުޓޭޖުން ފެންނަ ގޮތުގައި އަނިޔާވި އަންހެން ކުއްޖާ އާއި އޭނާއާ އެކު ހުރި އުމުރުން 21 އަހަރުގެ އެހެން ފިރިހެން ކުއްޖަކު މަގުމަތީ ހުސްފައިގައި ހިނގާފައި ދެ އެވެ.
އެ އަންހެންކުއްޖާ ހިނގާފައި ދަމުން ބުރުޒު މަގުގައި ހުރި ގެއަކަށް ވަންނަ ތަން ފުޓޭޖުން ފެނެ އެވެ. އޭނާގެ ފަހަތުން ފިރިހެން ކުއްޖާ ވެސް ދުވެފައި އެ ގެއަށް ވަދެ އެވެ. އެ މީހުންގެ އަމަލުތައް ހުރި ގޮތުން ވެސް ތިބީ މަސްތުގެ ހާލަތުގައި ވެސް ސާފުވެ އެވެ. އެއީ ހިނގާފައި ދިޔައިރު އަރިއަޅާލާ މަންޒަރު ފެންނާތީ އެވެ.
މަސްތުގެ ހާލަތުގައި ތިބެ ދެ މީހުން ވަން ހ. ފެންޓޯނިއާއަކީ އެ މީހުންނާ އެއްވެސް ގުޅުމެއް އޮންނަ ގެއެއް ނޫނެވެ. އެ ދެ މީހުން ދަންނަ ބަޔަކު އެ ގޭގައި ނޫޅުނަސް އެ މީހުން އެ ގެއަށް ވަނީ ބޭރު ދޮރު ތަޅު ނުލައި ހުރުމުން ކަމަށް ފުލުހުން ބުންޏެވެ.
އެއީ ސީސީޓީވީ ކެމެރާ ހަރުކޮށްފައި ހުންނަ އަދި ރޭގަނޑު 12 ގެ ފަހުން އެއްވެސް މޯޝަނެއް ފާހަގަވާ ނަމަ ކެމެރާ އިން އެލާމް ވެސް އަޅާ ގޮތަށް ފަހުގެ އެލާމް ސިސްޓަމް ބަހައްޓާފައި ހުންނަ ގެއެކެވެ. އެ ދެ މީހުން އެ ގެއަށް ވަދެ 9،8،7 ވަނަ ފްލޯގެ ސިޑިމަތީގައި އުޅޭ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނެ އެވެ. ބައެއް އެޕާޓްމެންޓްތަކުގެ ދޮރުގައި ޓަކި ޖަހާ މަންޒަރު ވެސް ފެނެ އެވެ.
އެ ވީޑިއޯ އިން ސިޑި މަތީގައި ދެ މީހުން އުޅުމުގެ ތެރޭގައި ބަދުއަހުލާގީ އަމަލުތައް ވެސް ދެ މީހުން ހިންގާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ ގެއަށް ވަންއިރު ފިރިހެން ކުއްޖާ ލައިގެން ހުރި ޓީޝާޓު ފަހުން ލައިގެން ހުރީ އަންހެން ކުއްޖާ އެވެ. ފިރިހެން ކުއްޖާގެ ޓީޝާޓު ލައިގެން އަންހެން ކުއްޖާ 8 ވަނަ ފަންގިފިލާ އަށް އަރާ މަންޒަރު ފެނެ އެވެ، އެ އަށް ފަހު، އެޕާޓްމެންޓެއްގެ ދޮރުގައި ޓަކި ޖަހައި 9 ވަނަ ފަންގިފިލާއަށް އަރަ އެވެ. ބެލެވޭ ގޮތުގައި އޭނާ ދިޔައީ ފިރިހެން ކުއްޖާ ހޯދަމުންނެވެ.
އަންހެންކުއްޖާ މައްޗަށް އެރިތާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ހުސްގަޔާ ހުރެ ފިރިހެންކުއްޖާ ވެސް 8 ވަނަ ފަންގިފިލާ އަށް އަރަ އެވެ. އޭރު ގަޑިން ފަތިހުގެ 4:52 ހާއިރު އެވެ. އެ ތަނުން އަންހެންކުއްޖާ ފެންނަން ނެތުމުން 9 ވަނަ ފަންގިފިލާ އަށް ފިރިހެން ކުއްޖާ ސިޑިން އަރަނިކޮށް ބާރުގަދަ އަޑެއް އިވެ އެވެ.
ފުލުހުން ބުނާ ގޮތުގައި ތަހުގީގަށް މިހާތަނަށް ބެލި ބެލުމުން އެއީ އަންހެންކުއްޖާ ވެއްޓޭ އަޑެވެ. އެ އަޑު އިވުނުއިރު، ފިރިހެން ކުއްޖާ ސިޑިމަތީގައި ހުންނަ މަންޒަރު ފެނެ އެވެ.
އެ ގޭގެ 9 ވަނަ ފަންގިފިލާގައި ޓެރަސް ހުންނައިރު އެ ތަން ހުރީ ތަޅުލައިފަ އެވެ. އެ ފަންގިފިލާގައި ކެމެރާއެއް ވެސް ނުހުރެ އެވެ. އެހެންވެ، އަންހެންކުއްޖާ ވެއްޓޭ މަންޒަރެއް ނުފެނެ އެވެ. ނަމަވެސް، ފުލުހުންގެ ތަހުގީގަށް ބެލިބެލުމުން އަންހެން ކުއްޖާ ވެއްޓިފައިވަނީ ފެންލައިޓުން ކަން އެނގޭ ކަމަށާއި އޭނާ ވެއްޓި ގުދަނުގެ ފުރާޅުމަތީގައި އޮތީ ވެސް އެ ދިމާލުގައި ކަމަށް ފުލުހުން ބުންޏެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނީ ދެ ޒުވާނުންގެ ސާމްޕަލް ނަގާފައިވާއިރު، އޭގެ ތެރެއިން ފިރިހެންކުއްޖާ ކެނެބިސް އަށް ޕްޒިޓިވް ވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭނާގެ ސާމްޕަލް ނަގާފައިވަނީ ހާދިސާ ހިނގި ދުވަހު ނޫން އަނެއް ދުވަހު އެވެ. އަންހެން ކުއްޖާގެ ސާމްޕަލް ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާއިރު، އެއީ ކޮން ބާވަތްތަކެއް ކަމެއް އަދި ޔަގީން ނުވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ އަންހެން މީހާ ވެއްޓުނީ، އޭނާއާ އެކު ހުރި ފިރިހެން މީހާ އެޕާޓްމަންޓުން ނުކުމެ، އެ ގޭގެ ތިރިއަށް ފޭބުމަށް ސިޑިމަތީގައި ހުއްޓާކަން ތަހުގީގަށް ކަށަވަރުކުރެވިފައިވާ ކަމަށެވެ.
މައްސަލައިގެ ތަހުގީގަށް ފުލުހުން ބަލައިފާސްކޮށްފައި ވަނީ ވެސް ހ. ފެންޓޯނިއާގެ އާއި އަންހެން ކުއްޖާ ދިރިއުޅޭ ގެ އެވެ. އެ 8 މީހުން އެންމެ ފުރަތަމަ ވަން ގެއާއި އޭގެ ފަހުން ހަތަރު މީހުންގެ ފުލުހުން ފާސްކޮށްފައެއް ނުވެ އެވެ. އެކަމާ ގުޅިގެން ނޫސްވެރިން ސުވާލު ކުރުމުން ސާމިހު ވިދާޅުވީ، މިހާތަނަށް ތަހުގީގުގެ ބޭނުމަށް އެކަމުގެ ޒަރޫރަތެއް އޮތް ކަމަށް ނުބެލެވޭ ކަމަށެވެ. އެ ދެ ގޭގެ މައުލޫމާތެއް ވެސް ފުލުހުން ހިއްސާއެއް ނުކުރި އެވެ.
އެއީ ރައީސް އޮފީހުގެ އަންޑަސެކްރެޓަރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީ ދާއޫދު އަހުމަދުގެ ކޮއްކޮ، ރަައުދު އަހުމަދު ޒިލާލެވެ.
އެ މީހުންނަކީ މަސްތުވެގެން ޕާޓީ ކުރާ ބައެއްކަން "ހުރިހާ"އަށް ވަނީ ކަށަވަރުކުރެވިފަ އެވެ.
ފުލުހުން މިހާރު ވަނީ އޭގެ ތެރެއިން އެކެއްގެ ޕާސްޕޯޓް ހިފަހައްޓާފަ އެވެ.