ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު ބޮލީވުޑް އަދި ހޮލީވުޑްގެ ތަރި ޕްރިޔަންކާ ޗޯޕްރާ ބޮލީވުޑަށް އެނބުރި އަންނަން އުޅޭ ކަމަށް ހަބަރުތައް ބުނެފި އެވެ.
އެގޮތުން އަހަރުތަކަކަށްފަހު ޕްރިޔަންކާގެ އެންމެ ފުރަތަމަ ބޮލީވުޑް ފިލްމަކަށް ވެގެންދާނީ މަޝްހޫރު ފިލްމް ފްރެންޗައިޒް "ކްރިޝް"ގެ ހަތަރުވަނަ ފިލްމުން ކަމަށް ބުނެވެ އެވެ.
މި ފިލްމަށް ޕްރިޔަންކާ އާނބަސް ބުނެފައިވާ ކަމަށް އަޑުތައް އަރަން ފެށީ އެ ފިލްމުގެ ޑައިރެކްޓަރު ރިތިކް ރޯޝަން އެމެރިކާއަށް ކުރަމުންދާ ދަތުރުގައި ޕްރިޔަންކާއާއި އޭނާގެ އާއިލާއާ ބައްދަލުކޮށް އެކުގައި ވަގުތުތަކެއް ހޭދަ ކުރުމުންނެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ޕްރިޔަންކާ ވަނީ އޭނާގެ "ބޮލީވުޑް ކަމްބެކް" ފިލްމުގެ އަގުގެ ގޮތުގައި 30 ކްރޯޑް ރުޕީސްގެ އަގެއް ކިޔާފަ އެވެ.
ޕްރިޔަންކާއަކީ 2006 ވަނަ އަހަރު ނުކުތް "ކްރިޝް" ފްރެންޗައިޒްގެ އެންމެ ފުރަތަމަ ފިލްމުގެ ބަތަލާގެ ގޮތުގައި ވެސް ފެނުނު ތަރި އެކެވެ.
"ކްރިޝް 4"ގައި ޕްރިޔަންކާގެ އިތުރުން ރިތިކް ރޯޝަންއާއި ޕްރިތީ ޒިންތާ ވެސް ފެނިގެންދާނެ ކަމަށް ބޮލީވުޑްގެ ހަބަރުތަކުން ބުނެ އެވެ.