ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިންގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހަޅައިފި އެވެ.
އަމިއްލަ ފަރާތަކުން ޖޭއެސްސީއަށް ހުށަހެޅި އެ މައްސަލާގައި ވަނީ ގާނޫނީ ވަކީލު އަލީ ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ އަޑުއެހުމެއް މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުގެ 11:00އަށް ތާވަލްކޮށްފައި ވަނިކޮށް، ރަސްމީ މަސައްކަތް ދޫކޮށް ޓެކްސީ ޑްރައިވަރަކަށް ވެގެން އެއާޕޯޓަށް މީހުން އުފުލުމަށް އެ ދުވަހުގެ އަޑުއެހުން ލަސްކުރުމަށް ކޯޓުން ބޭރުގައި އުޅެފައިވާ ކަމަށެވެ.
ފަނޑިޔާރަކު އަޑުއެހުމަކަށް ހާޒިރުވުން ލަސްވާނަމަ، އެކަމެއް ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ފަނޑިޔާރުންނާ ހިއްސާކުރާއިރު، އެ ދުވަހު އަލީ ރަޝީދު އެކަން ހިއްސާ ނުކުރާ ކަމަށް އެ މައްސަލާގައިވެ އެވެ.
އެ ދުވަހުގެ އަޑުއެހުން ބާއްވަން ތައްޔާރުވިއިރު، އަލީ ރަޝީދު ކޯޓުގައި ނެތް ކަމަށް ވެސް އެ މައްސަލާގައިވެ އެވެ.
އޭނާ ކޯޓަށް ވަނީ ފަނޑިޔާރުން ސަސްޕެންޑުކުރި ކަމުގެ މައުލޫމާތު ލިބުމުން ކަމަށް ބެލެވޭ ކަމަށް އެ މައްސަލާގައިވެ އެވެ.
އެއީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށް ވެސް އެ މައްސަލާގައި ފާހަގަކޮށްފައިވެ އެވެ.
އެ މައްސަލަ ސާބިތުކުރަން ހުށަހަޅާފައި ވަނީ ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންނެވެ،