ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ބައިވެރިނުކޮށް ޕީއެންސީގެ ޕީޖީ ބައްދަލުވުމެއް މިއަދު ބާއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި އެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމެވެ.
ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވަނީ އެ ބައްދަލުވުމުގެ ފޮޓޯތައް އެކްސްގައި ހިއްސާކޮށްފަ އެވެ.
އަބްދުއްރަހީމް މަޖިލީހުގެ ރައީސްކަމުން ވަކިކުރުމަށް ޕީއެންސީގެ ބައެއް މަޖިލިސް މެމްބަރުން ނުރަސްމީކޮށް މަޝްވަރާކޮށްފައިވެ އެވެ. ނަމަވެސް ރައީސް މުއިއްޒު ސީދާ އެކަން ކުރަން އަންގަވާފައިނުވާތީ އެކަން އަދި ކުރިއަކަށް ނުދެ އެވެ.
އަބްދުއްރަހީމާއި ރައީސް މުއިއްޒުގެ ގުޅުން ގޯސްވިތާ ދުވަސްތަކެއް ފަހުން ވަނީ ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި އޭނާގެ ދަރިކަލުން އިބްރާހީމް ފައިސަލް މަގާމުން ވަކިކުރައްވާފަ އެވެ.
މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާގައި ރައީސް މުއިއްޒު ގައުމާ މުހާތަބު ކުރައްވައި ރިޔާސީ ބަޔާން އިއްވަވާނެ އެވެ. މާދަމާ މަޖިލީސް ދޮށަށް އެއްވެ އިހްތިޖާޖު ކުރަން އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ވަނީ ނިންމާފަ އެވެ.

އަހަރުގެ ފުރަތަމަ 2 މަސްތެރޭ އާސަންދައާއި ސަބްސިޑީއަށް 2 ބިލިއަން
ރޯދަ މަހުގެ ސަގާފަތްތަކުގެ ތެރެއިން ތުރުކީގެ ހާރު ދަންބެރު!
އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ އިތުރު 26 ކުއްޖަކަށް
