ކޮވިޑްގެ ކޭސްތަކެއް ފެނިގެން މޮނިޓަރިންގެ ހާލަތަށް ގެނައި ފުވައްމުލައް އާންމު ހާލަތަށް ގެނެސްފި އެވެ.
ފުވައްމުލައް ހޮސްޕިޓަލްގެ މެނޭޖަރު އަހްމަދު ސައީދު ވިދާޅުވީ އެ ސިޓީ އާންމު ހާލަތަށް ގެނައީ މިއަދު ކަމަށެވެ. އާންމު ހާލަތަށް ގެނައި ކަމުގައި ވިޔަސް އެޗްޕީއޭގެ އިރުޝާދުތަކަށް އަމަލު ކުރުމުގައި ރައްޔިތުން ފަރުވާކުޑަކޮށްފިނަމަ އަނެއްކާވެސް މޮނިޓަރިންގެ ހާލަތަށް ގެންނަންޖެހޭ ފަދަ ހާލަތެއް މެދުވެރިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސައީދު ވިދާޅުވި އެވެ.
އެހެންކަމުން އެ ސިޓީގެ ހުރިހާ ރައްޔިތުންވެސް އެޗްޕީއޭގެ އެންގުންތަކަށް ފުރިހަމައަށް ތަބާވުމަށް ހޮސްޕިޓަލްގެ މެނޭޖަރު ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
ފުވައްމުލައް ސިޓީ މޮނިޓަރިންގެ ހާލަތަށް ގެންދިޔައީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު އެވެ. މޮނިޓަރިންގެ ހާލަތުގައި އޮތް މުއްދަތުގައި 50 އަށް ވުރެ ގިނަ ކޭސް އެ ސިޓީން ފެނިފައިވެ އެވެ.
ލަމްބޯގިނި ކާރެއް ކޮންޓްރޯލް ނުވެ ސޯލާ ޕެނަލްގައި ޖެހި ފުނޑުފުނޑު
"އާވާރާޕަން 3"ގެ މަސައްކަތް ފަށަން ތައްޔާރުވަނީ؟
އާއްމު ބައެއް އުފެއްދުންތަކުގައި ގެއްލުންހުރި މާއްދާތަކެއް!
