މިއަދު ޖުމްލަ 131 މީހަކު ކޮވިޑަށް ޕޮޒިޓިވްވިއިރު، 5،875 މީހަކު ވެކްސިން ޖަހައިފި އެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަދު މާލެއިން 92 މީހަކު، އަތޮޅުތެރެއިން 10 މީހަކު، ރިސޯޓްތަކުން ޖުމްލަ 29 މީހަކު ޕޮޒިޓިވްވެފައިވެ އެވެ.
މިއަދުގެ 131 ކޭސްއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައިވަނީ ޖުމްލަ 20،794 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 2،559 ގައި މިހާރު ހުރިއިރު 18،124 މީހުންވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.
މިހާތަނަށް މި ބަލީގައި 63 މީހަކު ވަނީ މަރުވެފަ އެވެ.
މިއަދު ވެކްސިން ޖެހި މީހުންގެ ތެރެއިން 2،048 މީހުންނަކީ މާލެ އިން ވެކްސިން ޖެހި މީހުންނެވެ. ބާކީ 3،827 މީހުންނަކީ އަތޮޅުތެރެއިން ވެކްސިން ޖެހި މީހުންނެވެ.
މިހާތަނަށް މުޅި ރާއްޖެއިން 151،643 މީހުން ވަނީ ވެކްސިން ޖަހާފަ އެވެ. އޭގެތެރެއިން 89،093 މީހުންނަކީ މާލެ އިން ވެކްސިން ޖެހި މީހުންނެވެ. އަތޮޅު ތެރެއިން ވެކްސިން ޖެހީ ޖުމްލަ 62،550 މީހުންނެވެ.
މިދިޔަ 10 ދުވަހު ޑެންގީގެ 107 ކޭސް، އެންމެ ގިނައީ ކުޅުދުއްފުށީގަ
އީރާނުން ޔޫއޭއީގެ ތެޔޮ ބަނދަރަކަށް ހަމަލާދީފި
