އެމެރިކާގެ ރިޔާސީ ކެނޑިޑޭޓް ޑޮނަލްޑް ޓްރަމްޕްގެ ކެމްޕެއިނުގައި، މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓްގެ ފޮޓޯ ބޭނުން ކުރުމުން ޓްރަމްޕަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
މީގެ ދެ ދުވަސް ކުރިން ޓްރަމްޕްގެ ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓްތަކެއްގައި ފެންނަނީ ޓޭލާ ޓްރަމްޕް އެންޑޯޒްކޮށް އޭނާއަށް ތާއީދުކުރާ މަންޒަރެވެ. އެހެން ނަމަވެސް ހަގީގަތުގައި ޓްރަމްޕްއަށް ޓޭލާގެ ތާއީދު ދީފައިނުވާއިރު، އެ ފޮޓޯތަކަކީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯތަކެކެވެ.
މި ފޮޓޯތައް އާއްމު ކުރުމާއެކު ޓޭލާއަށް ސަޕޯޓުކުރާ މީހުން އަންނަނީ ޓްރަމްޕްގެ އެ އަމަލަކީ ފިނޑި އަމަލެއް ކަމަށާއި އެ ފޮޓޯތައް ނަގަން ޖެހޭ ކަމަށް ބުނަމުންނެވެ. އެއާއެކު ހުއްދައަކާނުލާ ޓޭލާގެ ފޮޓޯ ކެމްޕެއިންގައި ބޭނުން ކުރުމުން ޓްރަމްޕްއަށް ދައުވާ ކުރަން ޖެހޭ ކަމަށް ވެސް ބައެއް މީހުން ބުނެފައިވެ އެވެ.
މިއަހަރު އޮންނަ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ޓޭލާ ތާއީދުކުރާ ކެނޑިޑޭޓެއް އިއުލާން ކޮށްފައި ނުވި ނަމަވެސް 2020 ވަނަ އަހަރު އޭނާގެ ތާއީދު އޮތީ ޑިމޮކްރެޓްސްގެ ކެނޑިޑޭޓް ޖޯ ބައިޑަން އަށެވެ.
ރަސްމީ ރިޒާވް 1.13 ބިލިއަނަށް ވުރެ ގިނަ: ރައީސް
ދެ ލޯންޗު ޖެހި އެކްސިޑެންޓެއް ހިނގައި ގެއްލުންތަކެއް
ފަތުރުވެރިންތަކަކާ އެކު ލޯންޗެއް ބަންޑުން ޖަހާލައިފި