ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެޑޭލް އާއި އޭނާގެ ލޯބިވެރިޔާ، ކުޅިވަރު އެޖެންޓް ރިޗް ޕައުލް އެންގޭޖް ވެފައިވާކަން އެޑޭލް ޔަގީން ކޮށްދީފި އެވެ.
މިފަހުން އެޑޭލް ލަންޑަންގެ އެކި ސަރަހައްދުތަކުން ފެނިފައިވާއިރު އޭނާގެ އަތުގައި އޮތް އަނގޮޓިން އެކަން ޔަގީން ކޮށްދޭ ކަމަށް ހަބަރުތައް ބުނެ އެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ރިޗް އެޑޭލްގެ ކައިރިން ކައިވެންޏަށް އަހާފައިވަނީ އެޑޭލްގެ އުފަން ސިޓީއަށް ކުރި ދަތުރެއްގައި އޮގަސްޓް މަހުގެ ކުރީކޮޅު އެވެ.
އެޑޭލް އާއި ރިޗްގެ އެންގޭޖްމަންޓް ހަބަރުތައް ޔަގީން ވެފައި މިވަނީ އެ ދެމީހުން އުޅެނީ ސިއްރުން ކައިވެނި ކޮށްގެން ކަމަށް ބުނެ އަޑުތައް ގަދަވެފައިވާ ދަނޑިވަޅެއްގަ އެވެ.
މިކަމަށް ބާރުދޭ އިތުރު ކަަމަކީ ދާދި ފަހުން އޮތް ޝޯއެއްގެ ތެރެއިން ރިޗްއަކީ އޭނާގެ ފިރިމީހާ ކަމަށް އެޑޭލް ބުނުމެވެ. އެހެން ނަމަވެސް އެއީ މަޖަލަކަށް އޭނާ ބުނި ބަހެއް ކަމަށް ވެސް ބައެއް މީޑިއާތަކުން ބުނެފައިވެ އެވެ.
މިއުޒިކްގެ މަސައްކަތްތަކަށް ބަލާލާއިރު އެޑޭލް ވަނީ ކުޑަ ދުވަސްކޮޅަކަށް މިއުޒިކާ ދުރުވެ އެހެން ކަންކަމަށް ވަގުތު ދޭން ނިންމާފައިވާ ކަމަށް އިއުލާން ކޮށްފަ އެވެ.
އެންމެ ބޮޑު ޤުރުއާން މުބާރާތުގެ 4 ވަނަ ދިވެހި ދަރިވަރަކަށް
އައިސީއައިއޭގެ ޕްލެޓިނަމް ޕާޓްނަރުގެ ގޮތުގައި ބީއެމްއެލް
ޖޫންގެ ނިޔަލަށް ވީއައިއޭއަށް 1.62 މިލިއަން ފަސިންޖަރުން