ދަށު ކޯޓުތަކުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް މެމްބަރަކު އިންތިހާބު ކުރަން އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖެހިފައިވާ އިންތިހާބު ފަސްކުރުމުގެ އަމުރަކަށް ހައިކޯޓުގައި އެދިއްޖެ އެވެ.
އެފަދަ އަމުރަކަށް ހައިކޯޓުގައި އެދިފައި ވަނީ އެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓެއް ކަމުގައިވާ ސ. ހިތަދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ރަފީއުއްދީން އަހްމަދެވެ.
އޭނާ ހައިކޯޓަށް މައްސަލަ ހުށަހެޅީ ދަށު ކޯޓުތަކުން ޖޭސްއެސްސީއަށް މެމްބަރަކު ހޮވުމަށް ބާއްވާ އިންތިހާބާ ބެހޭ އުސޫލު ބާތިލްކޮށްދިނުމަށް އެދި އެވެ. ސަބަބެއް ކަމަށް އޭނާ ފާހަގަކުރެއްވީ އެ އުސޫލު އެކުލަވާލައި ގެޒެޓްކޮށްފައި ވަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އަށް ލިބިފައިނުވާ ބާރެއްގެ ދަށުން ކަމުގަ އެވެ.
އެހެންކަމުން އެ މައްސަލައާ މެދު ހައިކޯޓުން ގޮތެއް ކަނޑައެޅެންދެން ދަށު ކޯޓުތަކުން ޖޭއެސްސީއަށް މެމްބަރަކު އިންތިހާބު ކުރުމަށް އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖެހިފައިވާ އިންތިހާބު ފަސްކޮށްދިނުމުގެ އަމުރެއް ނެރެދިނުމަށް ރަފީއުއްދީން އެދިފައިވެ އެވެ.
ރަފީއުއްދީންގެ އިތުރުން އެ އިންތިހާބުގައި ވާދަކުރައްވަނީ ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހީމް އިހްސާނާއި ސިވިލް ކޯޓުގެ ގާޒީ އާއިޝަތު އަޒުފާ އަބްދުލްޣަފޫރު އާއި އެ ކޯޓުގެ ގާޒީ ފަރުހާދު ރަޝީދުގެ އިތުރުން ފެމިލީކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދެވެ.
61 އަހަރުގައި އާމިރު ކުރި ކައިވެނީގެ ބައެއް ސިއްރުތައް!
ގާނާ ބަލިކޮށް ކޮލަމްބިއާ ގަދަ 16ގެ ބުރަށް
ފަސޭހަކަމާއެކު އޮސްޓްރިއާ ބަލިކޮށް ސްޕެއިން ގަދަ 16 އަށް
