ފަލަސްތީނާ ގުޅޭ ފޯރަމެއް ބާއްވަން އިސްރާ އެސޯސިއޭޝަން އިން ނިންމައިފި އެވެ.
"ފަލަސްޠީނާއި އުންމަތުގެ އެއްބައިވަންބަތަކަން" މި ނަމުގައި ފޯރަމް ބާއްވަނީ މާދަމާ ރޭ 8.30 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމްގަ އެވެ.
މި ފޯރަމް އަކީ ފަލަސްޠީނުގެ ޤަޟިއްޔާގައި އާންމުން ހޭލުންތެރިކުރުމުގެ ގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި އިސްރާ އެސޯސިއޭޝަން ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ އިލްމީ ފޯރަމެކެވެ.
މި ފޯރަމްގައި ވާހަކަ ދައްކަވާނީ:
1. ޑރ. އަބްދުއްސައްތާރު އަބްދުއްރަހުމާން
2. ޑރ. އަބްދުލް ހަންނާން ވަހީދު
ވާހަކަ ދައްކަން ހަމަޖެހިފައިވާ މަޢުޟޫއުތައް:
1. ފަލަސްޠީނުގެ މިއަދުގެ ޙާލަތު. ޑރ. އަބްދުލް ހަންނާން ވަހީދު
2. އިސްލާމީ އުންމަތުގެ އެއްބައިވަންތަކަން. - ޑރ. އަބްދުއްސައްތާރު އަބްދުއްރަހުމާން
އީރާނުން 21 މީހަކަށް މަރުގެ އަދަބު ދީފި
އުރަމަތީ ކެންސަރަށް ހާއްސަ ފުރަތަމަ ޑޮކްޓަރަކަށް ޑރ. އަލްތާފް
ސޯޝަލް މީޑިއާ: ގުޅުންތައް ބަދަހިކުރަނީތަ ނުވަތަ ރޫޅަލަނީތަ؟