އަނބަކީ ދިވެހި ރާއްޖޭގައި ވެސް ވަރަށް ތިޔާގި މޭވާ އެކެވެ. އާއްމުކޮށް ލުއި ކެއުމެއްގެ ގޮތުގައި ކައި އުޅޭ މި މޭވާ ކެއުން އެންމެ ރަނގަޅު ވަގުތަކީ ހެނދުނު ކަމަށް މާހިރުން ބުނެ އެވެ. ސަބަބުތަކަށް ބަލާލާނަމެވެ.
ވިޓަމިންސް އާއި މިނަރަލްސް ލިއްބައިދޭ
އަނބަކީ ވިޓަމިންސް އާއި މިނަރަލް ލިއްބައިދޭ މޭވާއަކަށްވާއިރު މި މާއްދާތައް ހަށިގަނޑަށް އެންމެ ބޮޑަށް ނަގައިގަންނަނީ ހެނދުނުގެ ވަގުތު ކަމަށް ދިރާސާތަކުން އެނގިފައިވެ އެވެ.
ޕޮޓޭސިއަމް މުއްސަނދި މޭވާއެއް!
އަނބުގައި ގިނަ އަދަދަކަށް އެކުލެވޭ ޕޮޓޭސިއަމްއަކީ ހެނދުނުގެ ވަގުތުގައި ހަށިގަނޑަށް ލިބިއްޖެނަމަ މުޅި ދުވަހު ހަށިގަނޑުގެ ހަކުރު ހުންނަ މިންވަރު އެއްވަރެއްގައި ހިފަހައްޓައިދޭ މާއްދާ އެކެވެ.
ހަޖަމު ކުރުމުގެ ނިޒާމަށް އެހީއެއް!
ބޮޑުކަމުދިއުމުގައި އުނދަގޫތައް ކުރިމަތިވާނަމަ ހެނދުނުގެ ނާސްތާގައި އަނބު ހިމަނާށެވެ. އަނބުގައި ހިމެނޭ ފައިބާއަކީ ހަޖަމު ކުރުމުގެ ނިޒާމަށް ފައިދާހުރި މާއްދާ އެކެވެ.
ދިފާއީ ނިޒާމު ރަނގަޅުކޮށްދޭ
އަނބުގައި ހިމެނޭ އެންޓި އިންފްލިމޭޓަރީ ޕްރޮޕަޓީތަކުގެ ސަބަބުން ހަށިގަނޑުގައި އާލާވާ ޖަރާސީމުތައް ނައްތާލަ އެވެ. ނަތީޖާއަކީ ދިފާއީ ނިޒާމު ވަރުގަދަވެ ބަލިތަކުން ދުރުވުމެވެ.
އާވާރާޕަން 2: ފުރަތަމަ ދުވަހުން ވެސް ރެކޯޑެއް މުގުރާލައިފި
އިޒްމީރު: ތާރީހާއި މީރު ރަހަތަކާއި ގުދުރަތީ ހިތްގައިމުކަން!
ފެނަކައިގެ މުވައްޒަފުން އަދިވެސް މަދުކުރަން ލަފާދޭނަން: އަޒާން