ބޮލީވުޑްގެ ހުނަރުވެރި ފަންނާނެއް ކަމަށްވާ ސޮނާކްޝީ ސިންހާ ވެސް ވަރަށް އަވަހަށް ކައިވެނި ކޮށްފާނެ ކަމުގެ އިޝާރާތެއް އޭނާ ދީފި އެވެ.
ނެޓްފްލިކްސްއިން ދައްކާ ކަޕިލް ޝަރުމާގެ "ދަ ގްރޭޓް އިންޑިއަން ކަޕިލް ޝޯ"ގައި ވާހަކަ ދައްކަމުން ސޮނާކްޝީ ބުނީ އޭނާ މީހަކާ ކައިވެނިކުރަން ކެތްމަދުވެފައިވާ ކަމަށެވެ.
އެއާއެކު ގިނަ ބަޔަކު އަންނަނީ ސޮނާކްޝީއާއި އޭނާގެ ލޯބިވެރިޔާ ކަމަށް ބުނެވޭ ޒަހީރު އިގްބާލް ވަރަށް އަވަހަށް ކައިވެނި ކުރަން އުޅޭ ކަމަށް ބުނަމުންނެވެ.
ޒަހީރުއާއި ސޮނާކްޝީ ރައްޓެހިވެގެން އުޅޭތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު އެ ދެމީހުންގެ ގުޅުން ސޯޝަލް މީޑިއާއިން ވަރަށް ގިނައިން ފެނެ އެވެ.
ސޮނާކްޝީ "ދަ ގްރޭޓް އިންޑިއަން ކަޕިލް ޝޯ"އަށް އައިސްފައިވަނީ މިހާރު ނެޓްފްލިކްސްގައި ރިލީޒުކޮށްފައިވާ "ހީރާމަންޑީ"ގެ ތަރިންނާއެކުގަ އެވެ.
ސޮނާކްޝީގެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ދަބަންގް"، "ރައުޑީ ރާތޯޑް" އަދި "ދަބަންގް 3" ހިމެނެ އެވެ. އޭނާއަކީ ވެޓެރަން އެކްޓަރު ޝަތުރުގަން ސިންހާގެ ދަރި އެކެވެ.
ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ
ހަރަދު ކުޑަކުރުމަށް މޯދީގެ މޮޓޯކޭޑް ކުޑަކޮށްފި
ޑާކްރެއިންގެ އީދު ހަދިޔާ: "އަލްވަދާއު" ވީޑިއޯ ކްލަބަށް!