ބޮލީވުޑްގެ އެކްޓަރު ޖޯން އަބްރަހަމްގެ އެންމެ ބޮޑު ސަޕޯޓަރު ކަމަށް ދައުވާކުރާ ސަޕޯޓަރަށް ޖޯންގެ ފަރާތުން ހާއްސަ ހަދިޔާއެއް ލިބިއްޖެ އެވެ.
އަކްޝޭ ކެދާރީ ނަމަކަށް ކިޔާ އެ މީހާ އެކްސްގައި އާއްމުކުރި ވީޑިއޯއެއްގައި ފެންނަނީ އޭނާއާއި ޖޯން އެކުގައި އޭނާގެ އުފަންދުވަސް ފާހަގަކުރާ މަންޒަރެވެ.
އެގޮތުން ޖޯން ވަނީ އަކްޝޭއާއެކު ކޭކެއް ފަޅައި އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުގައި ބޫޓެއް ވެސް ދީފަ އެވެ. އަކްޝޭ އެ ބޫޓަށް އެރުމުން ބޫޓުގެ ނާޑުވާ ވެސް އައްސައިދިނީ ޖޯން އެވެ.
އަކްޝޭ ބުނީ އެއީ އޭނާއަށް ވަރަށް ހާއްސަ ވަގުތު ކޮޅެއް ކަމަށާއި އެއީ ހުވަފެން ހަގީގަތަކަށްވި ވަގުތުކޮޅެއް ކަމަށެވެ. އޭނާ ވަނީ ޖޯންއަށް ޝުކުރު ވެސް އަދާކޮށްފަ އެވެ.
ޖޯންގެ މި ހިތްހެޔޮކަމާއެކު ގިނަ ބަޔަކު އަންނަނީ އެއީ ގިނަ ތަރިންގެ ކިބައިން ފެންނާނެ ކަމެއް ނޫންކަން ފާހަގަކޮށް ޖޯންއަށް ތައުރީފް ކުރަމުންނެވެ.

އީރާނުގެ ސަލާމަތާ ބެހޭ ވެރިޔާ އަވަހާރަކޮށްލައިފި
ސުވާލާއި ޖަވާބު: ފިތުރު ޒަކާތް ނެރެންޖެހޭ އެންމެ ފަހު ވަގުތަކީ؟
300 އަށް ވުރެ ގިނަ ފްލައިޓް ކެންސަލް، 60 ހާސް ބުކިން ކެންސަލް