މަޝްހޫރު ސްރީމިން ޕްލެޓްފޯމް ނެޓްފްލިކްސްގެ ދުނިޔޭގެ ޗާޓުގެ ގަދަ ތިނެއްގައި ރިތިކް ރޯޝަންގެ އެންމެ ފަހުގެ ފިލްމު ކަމަށްވާ "ފައިޓާ" ހިމެނިއްޖެ އެވެ.
ނެޓްފްލިކްސް އިން އެންމެ ފަހުން ނެރުނު ތަފާސް ހިސާބުތައް ބުނާ ގޮތުން ނެޓްފްލިކްސް މެދުވެރިކޮށް ދުނިޔޭގައި ތިންވަނައަށް އެންމެ ގިނަ މީހުން ބަލާފައިވަނީ ފައިޓާ އެވެ.
މި އަހަރުގެ ޖެނުއަރީ މަހު 25 ވަނަ ދުވަހު ސިނަމާތަކަށް ނުކުތް "ފައިޓާ" އޯޓީޓީ ޕްލެޓްފޯމްގައި ރިލީޒް ކުރެވިފައިވަނީ އޭގެ ދެ މަސް ފަހުން މާޗް 21ގަ އެވެ.
ނެޓްފްލިކްސްގައި ރިލީޒް ކުރުމަށްފަހު ހަފްތާއެއްގެ ތެރޭގައި އެ ފިލްމުން މިވަނީ ހޮލީވުޑާއި ބޮލީވުޑްގެ ފިލްމުތައް ވެސް ފަހަތަށް ޖައްސާލައި މަގުބޫލު ތިނެއްގައި ހިމެނިފަ އެވެ.
ރިތިކްގެ އިތުރުން ދީޕިކާ ޕަދުކޯން ވެސް ފެނިގެންދާ "ފައިޓާ"އަކީ އިންޑިއަން އެއާ ފޯސްގެ ދެ ޕައިލެޓުންގެ ވާހަކަ ގެނެސްދޭ އޭރިއަލް އެކްޝަން ފިލްމެކެވެ.
'އެޑްވާންސް މާޗަންޓް ސެޓްލްމަންޓް' އަށް ހެޔޮ ބަދަލުތަކެއް
އަލްޖީރިއާ ބަލިކޮށް ސްވިޓްޒަލެންޑް ދެވަނަ ބުރަށް
10 މީހުންނާއެކު ބޮސްނިއާ ބަލިކޮށް އެމެރިކާ ގަދަ 16 އަށް