ސޯނަމް ކަޕޫރުގެ އަބުރާ ބެހި ބަދުނާމު ކުރަން މަސައްކަތްކުރާ ކަމަށް ބުނެ އޮންލައިން ކޮންޓެންޓް އުފައްދާ މީހަކަށް ސޯނަމްގެ ފިރިމީހާ އާނަންދު އަހޫޖާ ގާނޫނީ އިންޒާރެއް ފޮނުވައިފި އެވެ.
ރާގިނީ ނަމަކަށް ކިޔާ އެ ކޮންޓެންޓް ކްރިއޭޓަރަށް އާނަންދު ނޯޓިސް ފޮނުވާފައިވަނީ އެކި ފަހަރު މަތިން ސޯނަމް ބުނެފައިވާ ބަސްތަކަށް ޖޯކުޖަހާ ވީޑިއޯއެއް އާއްމު ކުރުމުންނެވެ.
ނޯޓިސް ފޮނުވުމާއެކު އިންޓަނެޓް ބޭނުންކުރާ ގިނަ ބަޔަކު އަންނަނީ ސޯނަމްއަށް ފާޑު ކިޔަމުންނެވެ. އެގޮތުން ހަ ހާހެއްހާ މީހުން ބަލާފައިވާ ވީޑިއޯއަކަށްޓަކައި ނޯޓިސް ފޮނުވުމުގެ ބޭނުމެއް ނެތް ކަމަށް އެމީހުން އަންނަނީ ފާހަގަ ކުރަމުންނެވެ.
"އަބުރާ ބެހުމަކީ ދޮގު ހަދައިގެން ވާހަކަ ފެތުރުން. މި ވީޑިއޯގައި ދައްކާފައި އެ ހުރީ ހުސް ސޯނަމް އަމިއްލައަށް ދައްކާފައިވާ ވާހަކަ" އެކަކު ބުނެފައިވެ އެވެ.
މީގެ އިތުރުން ވެސް ބައެއް މީހުން އަންނަނީ މިއީ ސޯނަމް ބޮލީވުޑަށް އެނބުރި އައުމަށް މީހުންގެ ސަމާލުކަން ހޯދުމަށްޓަކައި ޖެއްސި "ޕަބްލިސިޓީ ސްޓަންޓް"އެއް ކަމަށް ވެސް ބުނަމުންނެވެ.
ސޯނަމްއާއި އާނަންދުއަށް 2022 ވަނަ އަހަރު އެދެމީހުންގެ އަލަތު ދަރިފުޅު ވާޔޫ ލިބުނު ފަހުން ސޯނަމްގެ ފިލްމެއް ކާމިޔާބުވެފައެއް ނުވެ އެވެ.

އެސްއެމްއީ ޑިޓިޓަލްއިން 4،000އަށް ވުރެ ގިނަ ވިޔަފާރިއަށް އެހީ
އަލިފާނުގެ ހާދިސާއަށް 6 ދުވަސް ފަހުން ތަހުގީގުކުރަން އަންގަވައިފި
އީރާނުން ގަލްފުގެ ގައުމުތަކަށް ދޭ ހަމަލާތައް ވަރުގަދަކޮށްފި