މީހެއްގެ ބޭންކް އެކައުންޓުން، އެ މީހާއަށް ނޭނގި 10،500 ދިވެހި ރުފިޔާގެ ފައިސާގެ މުއާމަލާތެއް ހިންގާފައިވާ މައްސަލައަކާ ގުޅިގެން އެއީ ކާކުން ދެނެގަނެވިފައި ނުވާތީ އެއީ އެ މީހާ ހޯދަން ފުލުހުން އާންމުންގެ އެހީ އަށް އެދިއްޖެ އެވެ.
މީހެއްގެ ފޮޓޯ އާންމުކޮށް ފުލުހުން ބުނި ގޮތުގައި އެ މީހާ ހޯދަނީ މީހެއްގެ އެކައުންޓުން، އެ މީހާއަށް ނޭނގި 10،500 ރުފިޔާގެ ފައިސާގެ މުއާމަލާތެއް ހިންގާފައިވާ މައްސަލައިގައި ތަހުގީގުގައި ސުވާލު ކުރުމަށެވެ.
ފުލުހުން ބުނީ އޭނައާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ، ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 ނުވަތަ މާފަންނު ޕޮލިސް ސްޓޭޝަން ނަންބަރު 9660183 އަށް ގުޅައި ހިއްސާކޮށް ދޭން އެދޭ ކަމަށެވެ.
އޮޅުވާލައިގެން ފައިސާގެ މުއާމަލާތްކުރުން އިތުރުވެފައިވާތީ އެކަމަށް ސަމާލުވުމަށް އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.
"ދުރަންދަރް"އިން ރަންވީރަށް %100 ބޮޑު އާމްދަނީއެއް!
ބާއްޖަވެރި ދުވަހަކަށް ގެންގުޅެންޖެހޭ ހެނދުނުގެ 5 އާދައެއް!
މެރީލްގެ ފާޑުކިޔުން މާވެލްގެ ފިލްމުތަކަށް!