ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި މިކޭލް މެރީނޯ ޖެހި ލަނޑާއެކު ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ބެލްޖިއަމް އަތުން 2-1 އިން މޮޅުވެ، ސްޕެއިން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.
މުބާރާތުގެ ގަދަ 32ގެ ބުރުގައި ޕޯޗުގަލް އަތުން ވެސް ސްޕެއިން މޮޅުވީ މެޗުގެ ފަހުކޮޅު މެރީނޯ ކާމިޔާބުކުރި ލަނޑަކުންނެވެ. އެ މެޗުގައި ވެސް އޭނާ ކުޅެން ނުކުތީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.
މެޗުގެ 30 ވަނަ މިނިޓުގައި ސްޕެއިނަށް ލީޑު ހޯދައިދިނީ ޕީއެސްޖީގެ މިޑްފީލްޑަރު ފަބިއަން ރުއީޒެވެ. ސްޕެއިންގެ ހަމަލާޢެއް ބެލްޖިއަމްގެ ގޯލްކީޕަރު ތީބޯ ކޯޓުއާ ދިފާއުކުރި ނަަމަވެސް، ރީބައުންސަށް އަރައި، ރުއީޒް ވަނީ އެ ބޯޅަ ގޯލަށް އަމާޒުކޮށްލައިފަ އެވެ.
އެކަަމަކު މެޗުގެ 41 ވަނަ މިނިޓުގައި ބެލްޖިއަމްގެ ޗާލްސް ޑެ ކެޓޭލައޭ ވަނީ ލަނޑެއް ޖަހައި، މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މިއީ މި އަހަރުގެ ވޯލްޑް ކަޕްގައި ސްޕެއިންގެ ކޮޅަށް ލަނޑެއް ވަތް ފުރަތަމަ ފަހަރެވެ.
އެކަމަކު ބެލްޖިއަމްގެ ބަދަލު ކީޕަރު ސެނޭ ލާމެންސް އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، މެރީނޯ ސްޕެއިން މޮޅުވި ލަނޑު ޖެހީ 88 ވަނަ މިނިޓުގަ އެވެ.
ލާމެންސް ކުޅެން ނުކުތީ މެޗުގެ 71 ވަނަ މިނިޓުގައި ބެލްޖިއަމްގެ ކީޕަރު ކޯޓުއާއަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ.
މެޗުގެ ބާކީ އޮތް ވަގުތުކޮޅުގެ ތެރޭގައި ބެލްޖިއަމްއިން މެޗުގެ ނަތީޖާ ހަމަހަމަކުރަން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، އެކަން ކާމިޔާބެއް ނުވި އެވެ.
މޮރޮކޯ ބަލިކޮށް ފްރާންސް ސެމީ ފައިނަލަށް
ވިއްސާރަ މޫސުމުގައި ނޭވާ ހިއްލުން އިތުރަށް ގޯސްވަނީ ކީއްވެ؟
މަރާލަން އުޅެފިނަމަ އީރާން މުޅިން ސުންނާފަތި ކޮށްލާނަން: ޓްރަމްޕް