ވޯލްޑް ކަޕްގައި އަމިއްލަ ލަނޑުޖެހުމުގެ ރެކޯޑަށް އިތުރުކުރުމަށްވުރެ، މުހިންމީ ޓީމު މޮޅުވުން ކަމަށް ސްޕެއިންގެ ތަރި ލަމީން ޔަމާލް ބުނެފި އެވެ.
ފީފާ ވޯލްޑް ކަޕްގައި ރޭ ބެލްޖިއަމް އަތުން 2-1 އިން މޮޅުވެ، ސްޕެއިން ވަނީ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ.
ކުއާޓާ ފައިނަލްގައި ޔަމާލް ލަނޑެއް ނުޖެހި ނަމަވެސް، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ އޭނާއަށެވެ. މެޗުގައި ޔަމާލް މޮޅު ކުޅުމެއް ދެއްކި އެެވެ.
މި އަހަރުގެ ވޯލްޑް ކަޕްގައި ޔަމާލް މިހާތަނަށް ޖެހީ އެންމެ ލަނޑެކެވެ. އެއީ މުބަރާތުގެ ގުރޫޕް ސްޓޭޖުގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް އޭނާ ކާމިޔާބުކުރި ލަނޑެވެ.
ރޭގެ މެޗަށް ފަހު ޔަމާލް ބުނީ ލަނޑު ޖަހަން އޭނާ ބޭނުންވި ނަަމަވެސް، އޭނާއަށް އެންމެ މުހިންމުކަމަކީ ޓީމު މޮޅުވުން ކަމަށެވެ.
"ސްޕެއިން ވޯލްޑް ކަޕް ކާމިޔާބުކޮށްފިނަމަ، އެއްވެސް މީހަކު ހަނދާނެއް ނުހުންނާނެ އަހަރެން ޖެހި ލަނޑުގެ އަދަދެއް. އެންމެ މުހިންމު ކަަމަކީ ޓީމު މޮޅުވުން،" ޔަމާލް ބުންޏެވެ. "އަހަރެން ބޭނުން ލަނޑުޖަހަން. އެކަމަކު މެޗަށް ނުކުންނައިރު އެކަމަށްވުރެ ބޮޑަށް، އަހަރެން ސަމާލުކަން ދެނީ ޓީމު މޮޅުކުރުމަށް. ލަނޑެއް ނުޖެހިޔަސް، އަހަންނަށް ޓީމު މޮޅުކޮށްދިނުމަށް އެހީވެވޭނެ."
ރޭގެ މެޗަކީ އުމުރުން 18 އަހަރުގެ ޔަމާލް ވޯލްޑް ކަޕްގައި ކުޅުނު ހަ ވަނަ މެޗެވެ. މީގެ ކުރިން އުމުރުން 18 އަހަރު ނުވަތަ އެއަށްވުރެ ހަގު ކުޅުންތެރިއެއް މި އަދަދަށް ވޯލްޑް ކަޕްގައި މެޗުތަކެއް ނުކުޅެ އެވެ.
ސްޕެއިން އިން 2024 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރިއިރު، ޔަމާލްގެ އުމަރަކީ 16 އަހަރެވެ. އެކަމަކު އެ މުބާރާތުގައި ޔަމާލް މޮޅު ކުޅުމެއް ދެއްކިއެވެ. އެ މުބާރާތުގައިވެސް ޔަމާލް ޖެހީ އެންމެ ލަނޑެކެވެ. އެއީ ސެމީ ފައިނަލްގައި ފްރާންސް ކޮޅަށް ޖެހި ލަނޑެވެ.
"މީހުންނަށް ވިސްނިފައި އޮންނަނީ އަހަރެން ވަރަށް ގިނަ ލަނޑު ޖަހަންޖެހޭނޭ. އެކަމަކު ޔޫރޯ ސްޕެއިން ކާމިޔާބުކުރިއުރު، އަހަރެން ޖެހީ އެންމެ ލަނޑެއް. މި މުބާރާތުގައިވެސް އަހަރެން އެއް ލަނޑު ޖަހައިފިން. އެކަމާ އަހަރެން ފިކުރުބޮޑެއް ނުވޭ،" ޔަމާލް ބުންޏެވެ.
މުބާރާތުގެ ސެމީ ފައިނަލްގައި ސްޕެއިން ނުކުންނާނީ މުބާރާތުގައި އެންމެ ރަނގަޅު ފޯމެއްގައި އޮތް ފްރާންސްއާ ދެކޮޅަށެވެ.
އެކަމަކު ޔަމާލް ބުނީ ފްރާންސްއާ ދެކޮލަށް ސްޕެއިން ނުކުންނައިރު، "ބިރު ގަންނަންޖެހޭ ކަމެއް ނެތް" ކަމަށެވެ.
"ދެ ގޮތެއް އޮތީ. އެއް ގޮތަކީ ފްރާންސް ޖެހިޖެހިގެން ތިން ފަހަރު ވޯލްޑް ކަޕްގެ ފައިނަލްގައި ކުޅުނު. ނުވަތަ ސްޕެއިން ފްރާންސް އަތުން ޖެހިޖެހިގެން ތިން މޮޅު ހޯދުން،" ޔަމާލް ބުންޏެވެ.
މިފަހަރުގެ ވޯލްޑް ކަޕްގައި ގިނަ ބައެއްގެ ފޭވަރިޓަކަށް ހާލަންޑް!
ދުނިޔޭގެ އެންމެ މާޔޫސް ކުރުވަނިވި ފަތުރުވެރި މަންޒިލްތައް!
އަވަހާރަކޮށްލި އީރާނުގެ ލީޑަރު ހާމަނާއީގެ ހަށިކޮޅު ފަސްދާނުލައިފި
