ރަނގަޅު ސިއްހަތެއްގައި ހުންނަން ބޭނުން ނަމަ ނިދަން ޖެހެނީ 8 ގަޑިއިރުކަން ނޭކގޭ މީހަކު ވަރަށް މަދުވާނެ އެވެ.ސައިންސްވެރިން ބުނާގޮތުގައި އިންސާނާއަށް ގިނަވެގެން ވެސް އަދި މަދުވެގެން ވެސް ބޭނުންވަނީ 8 ގަޑިއިރުގެ ނިންޖެވެ.
މިފަހުން ހެދި ދިރާސާއެއްގައި ސައިންސްވެރިން ބުނެފައިވަނީ ރެއަކާދުވާލު 8 ގަޑިއިރަށްވުރެ ގިނައިން ނިދުމަކީ ސިއްހީ އެކި މައްސަލަތަކާ ހެދި މީހާ އަވަހަށް މަރުވުމުގެ ފުރުސަތު އިތުރުވާ ކަމެއް ކަމަށެވެ.
އެގޮތުން، ނޭވާލާ ނިޒާމަށް މައްސަލަތައް ޖެހި، ހިތުގެ މައްސަލަތަކާ އެކު އުމުރު ކުރުވުމުގެ ފުރުސަތު ބޮޑު ކަމަށް އިނގިރޭސިވިލާތުގެ ކީލް ޔުނިވަސިޓީން ހެދި ދިރާސާއެއްގައި ބުނެފައިވެ އެވެ.
ދުވާލަކު 9-10 ގަޑިއިރާ ދެމެދުގެ ވަގުތަކަށް ނިދާ މީހުންނަށް ހަކުރު ބަލި ޖެހުމުގެ ފުރުސަތު ދެގުނަވާއިރު ފަލަބަލީގެ ނުރައްކާ ވެސް ބޮޑުވެ އެވެ.
ދުވާލު 9-10 ގަޑިއިރާ ދެމެދު ނިދާ މީހުން ފަލަ ބައްޔަށް ހުށައެޅުމުގެ ފުރުސަތު އެނޫން މީހުންނަށްވުރެ 21 ޕަސެންޓް އިތުރުކަމަށް ދިރާސާގައި ފާހަގަކޮށްފައިވެ އެވެ. އެއީ ކެއުން ރަނގަޅުކޮށް ކަސްރަތު ކުރި ކަމުގައިވެސްމެ އެވެ.
މާ ގިނައިރު ނިދާނަމަ ކަށިތައް ފީވެ ބުރަކަށީގައި ރިއްސާ ގޮތްވެ އެވެ. ނަތީޖާއަކަށްވަނީ އުމުރުން ދުވަސްވާ ވަރަކަށް ރާއްޖެ ބައްޔަށް ހުށައެޅުމެވެ.
މިކަންކަމަށް އޮތް ހައްލަކީ ނިދުން ވަކި މިންގަނޑެއްގެ ތެރޭގައި ގެންގުޅެ ނިދުމުގެ ރަނގަޅު އާދަތަކެއް ދިރިއުޅުމުގައި ހަރުލެއްވުމެވެ.