ޓްވިންކަލް ޚަންނާއަކީ 90ގެ އަހަރުތަކުގައި ބޮލީވުޑްގެ ގިނަ ފިލްމުތަކުން މަޝްހޫރުކަން ހޯދި ތަރި އެކެވެ. ކާމިޔާބު އެތައް ފިލްމެއް އޭނާ ކުޅެދީފައިވި ނަމަވެސް މިހާރު އޭނާ ވަނީ ކެމެރާ ކުރިމަތިން ގެއްލިފަ އެވެ.
އެކްޓަރު އަކްޝޭ ކުމާރުގެ އަންހެނުން ޓްވިންކަލް ފާއިތުވި އަހަރުތަކުގައި ފެނިގެން ގޮސްފައިވަނީ ފިލްމުތައް ޕްރޮޑިއުސް ކުރުމުގެ އިތުރުން ލިޔުންތެރިއެއްގެ ގޮތުގަ އެވެ.
މިކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ޓްވިންކަލް ވަނީ ކެމެރާ ކުރިމަތިން ދެން އޭނާ ނުފެންނާނެ ސަބަބު އާއްމުންނަށް ހާމަ ކޮށްދީފަ އެވެ.
ވިންކަލް ބުނި ގޮތުގައި އެހާރާއި މިހާރާއި ބަލާއިރު ފިލްމީ ދާއިރާ ވެސް ވަރަށް ބޮޑަށް ތަފާތުވެފައިވާ ކަމަށެވެ. 90ގެ އަަހަރުތަކަށް ބަލާނަމަ އަންހެނުންނަށް މާ އެކަށޭނަ ރޯލުތައް ފިލްމުތަކުގައި މަދުކަން ޓްވިންކަލް ފާހަގަކުރި އެވެ.
ޓްވިންކަލް ބުނީ އޭނާ ފިލްމު ކުޅުން ހުއްޓާލީ ފިލްމުތަކުގައި ރަނގަޅު ރޯލު ނެތިގެން ނޫން ކަމަށެވެ. ސްޕޮޓް ލައިޓުގައި އޭނާ މާ ބޮޑަށް ބިރުގަންނަ ކަމަށާއި އެކްޓިން އާ ދުރަށް ދިޔަ މައިގަނޑު ސަބަބަކީ އެއީ ކަމަށް ޓްވިންކަލް ބުންޏެވެ.
މިހާރު ޓައިމްސް އޮފް އިންޑިއާއަށް ޓްވިންކަލް ކޮންމެ ހަފުތާއަކު ލިޔާ މިސިޒް.ފަނީބޯންސް ބްލޮގަކީ ގިނަ ބަޔަކަށް ވަރަށް މަގުބޫލު ބްލޮގެކެވެ