ޖުވެނައިލް ކޯޓުގެ ގާޒީގެ މަގާމުގައި ހުންނެވި މުހައްމަދު އީސާފުޅު ސިވިލް ކޯޓުގެ ގާޒީގެ މަގާމަށް ބަދަލުކޮށްފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަނުން ބުނީ މި ބަދަލު ގެނައީ ފަނޑިޔާރުން އަމިއްލައަށް މަސައްކަތް ކުރަމުންއައި ކޯޓާ އެއް ދަރަޖައެއްގެ އެހެން ކޯޓަކަށް ބަދަލުކުރުމަށް އެދުމުން ކަމަށެވެ.
މިގޮތަށް މަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން، ރިޢާޔަތްކުރަންޖެހޭ ކަންކަމަށް ރިޔާއަތްކުރުމާއެކު، މިއަދުން ފެށިގެން މި ބަދަލު ގެނެސްފައިވާ ކަމަށް ޖޭއެސްސީން ބުނެ އެވެ.
ޖުވެނައިލް ކޯޓުގެ ގާޒީ ކަމުގެ މަގާމަށް އައްޔަންކުރީ 20 ޖޫން 2016 ގަ އެވެ.
ފައިސަލް ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމުގެ އިޝާރާތެއް
އެމެރިކާއިން އީރާނާ ދެކޮޅަށް އިތުރު ދަތިކުރުމުގެ ފިޔަވަޅުތަކެއް
ހޫނުގަދަވެ ޖަރުމަނުގައި 5000 އަށްވުރެ ގިނަ މީހުން މަރުވެއްޖެ