ސްޓާ ޕްލަސްއިން ގެނެސްދިން ޑްރާމާ "އިމްލީ"އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ކަރަން ވޮހްރާގެ ދެމަފިރިންނަށް އެއްމާބަނޑު ދެބެއިން ލިބިއްޖެ އެވެ.
ކަރަންގެ އިންސްޓަގުރާމް ޕޯސްޓެއްގައި އެކަން އިއުލާން ކުރަމުން ކަރަން ބުނީ އަންހެނުން ބެއްލާ ވިހާފައިވަނީ އެއްމާބަނޑު ދެ ފިރިހެން ކުދިން ކަމަށެވެ.
ބެއްލާ މިވަގުތު ކަރަންއާ ވަކިން އޭނާގެ މައިންބަފައިންގެ ކައިރީގައި އުޅުނު ނަމަވެސް ކުދިންނަށް ދެތިން މަސް ވުމުން އެ މީހުން އަނބުރާ މުމްބާއީއަށް ގެންނަން ކަަރަން ގަސްދުކުރާ ކަމަށް ހަބަރުތައް ބުނެ އެވެ.
ކަރަންއާއި ބެއްލާ 2012 ވަނަ އަހަރު ކައިވެނިކުރި އިރު އޭގެ 10 ވަރަކަށް އަހަރު ފަހުން ބެއްލާ ބަލިވެ އިންކަން އިއުލާންކުރީ ކަރަން އިމްލީއާ ގުޅުނު ދުވަސްވަރު އެވެ.
"އިމްލީ"ގައި އޭނާ ދައްކުވައިދިން އަތަރުވާގެ ރޯލަށް ގިނަ ބައެއްގެ ތައުރީފް ލިބުނުއިރު ލީޑު އަންހެން ތަރިއާއެކު އޭނާގެ ކެމިސްޓްރީއަށް ވެސް ގިނަަ ބައެއްގެ ލޯބި ލިބުނެވެ.
ޔަމާލްގެ ޖާޒީ ކިޓުގައި އިތުރު ދެ ގައުމެއްގެ ދިދަ، ސަބަބަކީ ކޮބާ؟
އުވާލި މިނިސްޓްރީތަކުގައި ތިބި ސިޔާސީ މުވައްޒަފުން ބަހާލައިފި
ރާއްޖެއިން ފަލަސްތީނަށް 50،000 ޑޮލަރުގެ އެހީ ދެނީ