ބޮލީވުޑްގެ ފިލްމީ ތަރި ޕަރިނީތީ ޗޯޕްރާއާއި ސިޔާސީ ދާއިރާގައި މަސައްކަތްކުރާ ރާގަވް ޗައްދާގެ އެންގޭޖްމަންޓް މިއަދު ދިއްލީގައި އޮންނާނެ ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެފި އެވެ.
އެންގޭޖްމަންޓް އަށްޓަކައި އެ ދެމީހުން އެކުގައި ދިއްލީއަށް އައިސްފައިވާއިރު ހަފްލާގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ކުރިއަށްދާ ކަމަށް އެ ނޫސްތަކުން ބުނެފައިވެ އެވެ.
ޕަރިނީތީއާއި ރާގަވްގެ ގުޅުމުގެ ވާހަކަ މީޑިއާގައި ދެކެވެމުން އަންނަތާ ދުވަސް ގަނޑެއް ވީ ނަމަވެސް އެއިން އެކަކު ވެސް އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކާފައެއް ނުވެ އެވެ.
އެހެން ނަމަވެސް މިއަދުގެ އެންގޭޖްމަންޓްގެ ކުރިން ޕަރިނީތީގެ ދެބެންގެ ދެދަރި ޕްރިޔަންކާ ޗޯޕްރާގެ މަންމަ މަދ ޫ ޗޯޕްރާ ވަނީ އެ ދެމީހުންގެ އެންގޭޖްމަންޓް އޮންނަކަން ޔަގީން ކޮށްދީފަ އެވެ.
މިއަދުގެ އެންގޭޖްމަންޓަށްފަހު މާ ލަހެއް ނުވެ އެދެތަރިންގެ ކައިވެނި ވެސް އޮންނާނެ ކަމަށް އިންޑިއާގެ މީޑިއާ ތަކުން އަންނަނީ ބުނަމުންނެވެ.
ފިލްމީ މަސައްކަތްތަކަށް ބަލާއިރު ޕަރިނީތީ އެންމެ އަވަހަށް ފެންނާނެ ކަމަށް ލަފާ ކުރެވެނީ އިމްތިއާޒު އަލީ ޑައިރެކްޓްކުރާ "ޗަމްކީލީ" އިންނެވެ.
"ކްރައިމް ޕެޓްރޯލް"ގެ އާ މޫނަކަށް އަޖޭ ދޭވްގަން!
މިއަދު ބާއްވަން ނިންމި މަޖިލީހުގެ ޖަލްސާ ކެންސަލްކޮށްފި
ފުނައްޑޫ މަސް ފެކްޓްރީ ޑިސެމްބަރު މަހު ހުޅުވަނީ