ކ. ފޭދޫފިނޮޅު ކައިރީގައި މިއަދު ހަވީރު ހިނގި ލޯންޗު އެކްސިޑެންޓުގައި ނިޔާވީ ވިޔަފާރިވެރިޔާ ސައުދުﷲ އަހުމަދު ކަން އެނގިއްޖެ އެވެ.
އެ އެކްސިޑެންޓް ހިނގީ ހަވީރު 4:40 ހާއިރު އެވެ. އޭނާ ނިޔާވީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ.
އުމުރުން 53 އަހަރުގެ ސައުދުﷲ އަކީ ބ. ކުޑަރިކިލަށް އަށް އުފަން ބޭފުޅެކެވެ. އޭނާ އަކީ ސަސް އީ ކޮންސްޓްރަކްޝަން ކުންފުނީގެ މެނޭޖިން ޑިރެކްޓަރެވެ. އެ ކުންފުންޏަކީ ބިން ހިއްކުމާއި ބޮޑު ހިލަ ޖެހުން ފަދަ މަސައްކަތް ކުރާ ކުންފުންޏެކެވެ.
އޭނާ ވަނީ އަމިން ކޮންސްޓްރަކްޝަނާއި ރެއިންބޯ އެންޓަޕްރައިސަސްގައި މަސައްކަތް ކުރައްވައިފަ އެވެ. ސައުދުﷲގެ ކުންފުނިން ކޮށްފައިވާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ރާއްޖޭ ގިނަ ރަށްރަށް ހިއްކައި ބޮޑު ހިލަ ޖެހުން ހިމެނެ އެވެ.
އެ އެކްސިޑެންޓްގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
އެމްއޭސީއެލުން 1.6 ބިލިއަން ރުފިޔާގެ ލޯނު ސަރުކާރަށް
ހަނގުރާމަ ނިންމަން ސުލްހައިގެ ޕްލޭނެއް އެމެރިކާއިން ހުށަހަޅައިފި
ބީއެމްއެލްއިން މިދިޔަ އަހަރު 565 މިލިއަން ޑޮލަރު ވިއްކި
