އަރަމުން އަންނަ ޒުވާން އެކްޓަރުންނަށް އޭނާ ފަދަ އެކްޓަރުން ވަކި ދޫ ނުކުރާނެ ކަމަށް ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާން ބުނެފި އެވެ.
ސަލްމާން ތިހެން ބުނެފައި ތިވަނީ ޒުވާން އެކްޓަރުންގެ ފަރާތުން ލިބޭ ވާދަވެރިކަމާ ބެހޭގޮތުން ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރެވުނު ސުވާލަކަށް ޖަވާބު ދެމުންނެވެ.
ސަލްމާން ބުނީ އޭނާއާއި ޝާހުރުކްއާއި އާމިރުގެ އިތުރުން އަކްޝޭއާއި އަޖޭވެސް މިހާރު އެކްޓަރުންނާއެކު ފަޔާފައި ހަމަކޮށް މަސައްކަތްތައް ކުރަމުން ދާނެ ކަމަށެވެ.
"އެމީހުންނަށް މަސައްކަތްތައް އެހާ ފަސޭހައިން ލިބުނަ ނުދޭނަން. އެ މީހުން ޖެހޭނީ ރަނގަޅު ފިލްމުތައް ހޯދަން މަސައްކަތް ކުރަން" ސަލްމާން ބުނެފައިވެ އެވެ.
ސަލްމާން އިތުރަށް ބުނީ އޭނާ ފަދަ 90ގެ އެކްޓަރުން އެހާ އަވަހަށް ފިލްމީ ދާއިރާ ދޫކޮށް ނުލާނެ ކަމަށާއި އެމީހުންގެ ފިލްމުތަކަށް މިހާރު ވެސް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ސަލްމާން ވަނީ މިހާރުގެ ޒުވާން އެކްޓަރުންނަކީ ވެސް ހުނަރުވެރި ބައެއް ކަމަށާއި އެމީހުންނާ އެއް ހަމައެއްގައި ފައިހަމަ ކުރުމަކީ "ޗެލެންޖް"އެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.
" އަހަރުމެން އަދި އެހާ ފަސޭހައިން ނުދާނަން. ޒުވާން ތަރިން ޖެހޭނެ އާމްދަނީ ހޯދަން ރަނގަޅު މަސައްކަތް ކުރަން" ސަލްމާން ބުންޏެވެ.