މާލޭގައި ރޭ މެންދަމު މާރާމާރީއެއް ހިނގައި މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނިގޮތުގައި އެ މާރާމާރީ ހިންގާފައި ވަނީ ރޭގެ މެންދަމު 3:00 ހާއިރު ހެންވޭރު އަސްރަފީ މަގުގައި ކަމަށެވެ.
ފުލުހުން ބުނިގޮތުގައި މި މާރާމާރީގައި އެކަކަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފަ އެވެ. އޭނާއަށް އައިޖީއެމްއެޗުން ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެ އެވެ. މާރާމާރީގައި އަނިޔާވެފައި ވަނީ އަންހެނެއް، ނޫނީ ފިރިހެނަކަށް ކަމެއް ފުލުހުން ނުބުނެ އެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް ފުލުހުން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެ އެވެ.
އެހެންނަމަވެސް މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން ގެންދާކަމަށް ފުލުހުން ބުނެފައިވެ އެވެ.
ފަހަކަށް އައިސް މާލެ ސަރަހައްދުގައި ސިލްސިލާ މާރާމާރީތަކެއް އަންނަނީ ހިނގަމުންނެވެ.
ހަށިގަނޑުން ނުބައި ވަސް ދުވާނަމަ ޑޮކްޓަރަށް ދެއްކުން އަވަސްކުރޭ!
ސާވިސް ޗާޖަށް ލިބޭ ޑޮލަރު މާރުކުރުން މަނާކުރާ އިސްލާހެއް
ޖެކީ ޗެންގެ މިލްކިއްޔާތުން ދަރިންނަށް ހިއްސާއެއް ނެތް!
