އައްޑޫ ސިޓީ ކައުންސިލަށް ޕީޕީއެމްގެ މެންބަރު މުހައްމަދު ފައިސަލް އެމްޑީޕީއަށް ސޮއިކޮށްފި އެވެ.
ޕީޕީއެމް މެމްބަރެއްގެ ގޮތުގައި މިހާތަނަށް ހުރި ފޭދޫ މާދެލާ ދާއިރާގެ ކައުންސިލަރު ފައިސަލް އެމްޑީޕީއަށް ސޮއި ކުރީ މިއަދުގެ ވަގުތެއްގައި މުލިއާގޭގަ އެވެ.
ފައިސަލް އެމްޑީޕީއަށް ސޮއި ކުރިއިރު އަރިހުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް އިންނެވި އެވެ. ފައިސަލްގެ ފޯމް ހަވާލު ކުރެއްވީ އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނަމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާ އެވެ. އެ ރަސްމިއްޔާތުގައި އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވެސް އަރިހުގައި އިންނެވި އެވެ.
އައްޑޫ ސިޓީ ކައުންސިލްގައި ޖުމްލަ 13 މެމްބަރުން ތިއްބަވާއިރު އޭގެ ތެރެއިން 3 މެމްބަރުންނަކީ ޕީޕީއެމް މެމްބަރުންނެވެ. 6 އެމްޑީޕީ މެމްބަރުން ތިއްބަވާއިރު މިނިވަން ތިން މެމްބަރުން ތިއްބަވަ އެވެ.
އައްޑުއަކީ ޒަމާނުއްސުރެ އެމްޑީޕީއަށް ތާއީދު ބޮޑު ސިޓީއެކެވެ. އެމްޑީޕީގެ އެންމެ ގިނަ މެމްބަރުން ނިސްބަތްވަނީ ވެސް އައްޑުއަށެވެ.
އީރާނުން އެމެރިކާގެ މަނަވަރަކަށް މިސައިލް ހަމަލާތަކެއް ދީފި
ކޭންސް ފެސްޓިވަލްގައި އިންޑިއާ ތަމްސީލު ކުރާނީ ތާރާ!
ފުލުހުންގެ އިމަޖެންސީ ނަންބަރަށް ދިމާވި މައްސަލަ ހައްލުކޮށްފި
އެއްފާރު މަތިން ފުއްމި ބުޅާ އަނެއް ފާރު މަތިންވެސް ފުއްމާނެ