ޓެކްނޮލޮޖީއާއެކު ގޭގައި ތިބެގެން ވަޒީފާ އަދާކުރުމުގެ މަގު ތަނަވަސް ވަމުންދާ ވަރަކަށް ގިނަ މީހުން ކުރިއަށް ވުރެ ގިނަ ވަގުތު ވަޒީފާގެ މަސައްކަތްތައް ކުރަން ހޭދަކުރާ ކަމަށް ދިރާސާތަކުން ދައްކަ އެވެ.
ގިނަ ބަޔަކަށް މަސައްކަތުގައި ހޭދަކުރާ ވަގުތު އިތުރުވެފައިވާއިރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން މި ވަނީ މިކަމާ ގުޅޭގޮތުން ރިޕޯޓެއް ނެރެފަ އެވެ.
ރިޕޯޓުގައި ހަފުތާއަކު 55 ގަޑިއިރަށް ވުރެ ގިނައިރު، މަސައްކަތް ކުރާނަމަ އުމުރު ކުރުވާން މެދުވެރިވާ ކަމަށް ބުނެފައިވެ އެވެ އެއީ ދުވާލަކަށް ބަލާނަމަ އަށް ގަޑިއިރެވެ.
އޭގެ އިތުރުން ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރުމަކީ ހިތުގެ ބަލިތަކަށާއި ސްޓްރޯކް ޖެހުމަށް މަގުފަހިވާކަމެއް ކަމަށްވާއިރު އެކަމުގެ ސަބަބުން ކެއުމުގެ އާދަތަކަށް ނޭދެވޭ ބަދަލުތައް އަންނަ ކަމަށާއި ނަފްސާނީ ދުޅަހެޔޮ ކަމަށް ވެސް އެރިޕޯޓުގައި ބުނެފައިވެ އެވެ.
ޑަބްލިއުއެޗްއޯ އިން ބުނީ ކޮންމެ މީހަކުވެސް ހަފްތާއަކު މަސައްކަތް ކުރަން އެންމެ ރަނގަޅު މިންވަރަކީ 35 ގަޑިއިރާއި 40 ގަޑިއިރާ ދެމެދުގެ ވަގުތު ކަމަށެވެ. އެއީ ދުވާލަކަށް ބަލާނަމަ ހަ ނުވަތަ ހަތް ގަޑިއިރެވެ.
ސިއްހަތާމެދު އިހުމާލު ނުވެ ކަންކަމުގައި މެދުމިން ގެންގުޅުމަކީ އޮތް އެންމެ ރަނގަޅު ގޮތެވެ. ވަގުތު ފާއިތު ނުވަނީސް އޮފީހުގެ މަސައްކަތްތައް އޮފީސް ގަޑީގައި ނިންމަން އާދަ ކުރަމާ ހެއްޔެވެ؟
ގޭތެރޭގެ އިންޓީރިއާ: ޝަހުސިއްޔަތު ދައްކައިދޭ ލޯގަނޑެއް!
މީރު ރަހަތައް ގުރުބާން ނުކޮށް ވެސް ދުޅަހެޔޮ ކެއުމެއް ކެވިދާނެ!
އިޒްމީރު: ތާރީހާއި މީރު ރަހަތަކާއި ގުދުރަތީ ހިތްގައިމުކަން!