ހުޅުމާލޭ ދެވަނަ ފިޔަވަހިން ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވައި ފެނުނު މުހައްމަދު އަޒުހާންގެ ހަށިގަނޑު ޕޯޓްމޯޓަމް ހެދުމަށްޓަކައި އިންޑިއާއަށް ގެންގޮސްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަޒުހާން ކަމަށް ބެލެވޭ މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްޓަކައި މިއަދު ވަނީ އިންޑިއާއަށް ގެންގޮސްފައި ކަމަށެވެ.
އަޒުހާން ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވައި ފެނުނީ ހުޅުމާލޭގައި ހުންނަ ވޯޓާ ޕާކް ކުރިމަތީގައިވާ ހުސް ބިމުންނެވެ. އޭނާ ގެއްލިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު އެވެ.
ފުލުހުން ބުނީ އަޒުހާންގެ ފޯނު މިހާރު ފެނިފައިވާ ކަމަށެވެ. ނަމަވެސް އޭނާ މަރާލާފައިވާ ކަމުގެ އެއްވެސް ހެއްކެއް އަދި ފެންނަން ނެތް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އަޒުހާނު ފޯނު ނަމްބަރުގެ ސިގްނަލް އެންމެ ފަހުން ލިބިފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ސެލް ޓަވަރަކަށް ކަމަށެވެ. ނަމަވެސް ސިގްނަލް އެންމެ ފަހުން ލިބުނު ތާރީޚެއް ފުލުހުން ނުބުނެ އެވެ.
ފުލުހުންނަށް އެ ހަށިގަނޑު ފެނުނު އިރު، އޮތީ ވަރަށް ބޮޑަށް ކުނިވެފައި ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އެ ހަށިގަނޑު ވަޅުލައި، ނުވަތަ ނައްތާލަން އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށް ފުލުހުންގެ ތަހުގީގުން ހާމަވެފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
4،300 ޑޮލަރާއެކު އެންމެ ގިނައިން ސާވިސް ޗާޖް ދިން ރިސޯޓަކަށް ވެލާ
ބީއެލްއެލްގެ އަގުހެޔޮ ފްލެޓުތައް 2028 ގައި ދޫކުރާނެ
އީރާނުގެ މުޒާހަރާ ތެރެއަށް އެމެރިކާއިން ވަދެ ހަމަނުޖެހުން ހިންގި
