ބޮލުން ހަން ފޮޅުމަކީ ދެ ޖިންސުގެ މީހުންނަށް ވެސް ދިމާވާ ވަރަށް ބޮޑު މައްސަލައެކެވެ. ކިތަންމެ ބަލައިގެން އުޅުނު ނަމަވެސް ކިތަންމެ އަގުބޮޑު މޮޅު ޕްރޮޑަކްޓެއް ބޭނުންކުރި ނަމަވެސް، އެކަމުން ސަލާމަތް ނުވެވިގެން އުޅޭ އެތަކެއް ބަޔަކު އުޅެ އެވެ. މި ލިޔުމުގައި ބަލާލާނީ ބޮލުން ހަންފޮޅުން ހުއްޓުވުމަށް ގޭގައި ކުރެވިދާނެ ބައެއް ފަރުވާތަކަށް ނުވަތަ ހޯމް ރެމެޑީސް ތަކަށެވެ.
ކާށި ތެލާއި ލުނބޯ މަސާޖު
ދެ މޭޒުމަތީ ސަމްސާ ކާށި ތެޔޮ ހޫނު ކޮށްލުމަށްފަހު ދެ މޭޒުމަތީ ސަމްސާ ލުނބޯ ހުތާ އެއްކޮށްލާށެވެ. އެއަށްފަހު އެއިން ބޯ މަސާޖު ކޮށްލާށެވެ. އަދި 20 ވަރަކަށް މިނެޓުވަންދެން ބަހައްޓާށެވެ. ވިހި މިނެޓު ވުމުން އިސްތަށިގަނޑު ރަނގަޅަށް ދޮވެލާށެވެ.
އޯބަތް
ރޭގަނޑު ނިދަން އޮށޯތުމުގެ ކުރިން، އޯބަތްކޮޅެއް ފެން އެއްޗަކަށް އަޅާފައި ބަހައްޓާށެވެ. އަދި ހެނދުނު ހޭލައިިގެން އޯބަތް އަޅާފަ ހުރި ފެނުން އޯބަތްކޮޅު ފުރާނާލާށެވެ. އެއަށްފަހު އޯ ބަތްކޮޅު ރަނގަޅަށް ޗަސްކޮށްލައި ބޮލުގައި ހާކާލާށެވެ. ގަޑިއެއްހާއިރު ވަންދެން އެހެން ބެހެއްޓުމަށްފަހު ޝޭމްޕޫލައިގެން ބޯ ދޮވެލާށެވެ.
ބޭކިން ސޯޑާ
އެންމެ ފުރަތަމަ އިސްތަށިގަނޑުގައި ފެން ހާކާލާ އިސްތަށިގަނޑު ތެތް ކޮށްލާށެވެ. އަދި ސަމްސަލެއްގެ ފުރާ ހުރި ބޭކިންގ ސޯޑާ ބޮލުގައި ހާކާލާށެވެ. އެއަށްފަހު 60-90 ވަރަކަށް ސިކުންތު ވަންދެން މަޑު ކުރުމަށްފަހު ބޯ ދޮވެލާށެވެ.