ހުޅުމާލޭ ދެވަނަ ފިޔަވަހިން ވެސް މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ފުލުހުން މިރޭ ކުރި ޓްވީޓެއްގައި ވަނީ އުމުރުން 27 އަހަރުގެ މުހައްމަދު އަޒްހާން ނަމަކަށް ކިޔާ މީހެއް ކަމަށެވެ.
އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 06:00ހާއިރުކަމަށް ފުލުހުން ބުންޏެވެ.
އަޒްހާން އެންމެ ފަހުން ފެނުނު އިރު ލައިގެން ހުރީ މާޖެހި ޕިންކު ކުލައިގެ އަތްކުރު ގަމީހެއް ކަމަށް ފުލުހުން ބުންޏެވެ.
އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ ޕޮލިސް ސްޓޭޝަންގެ ނަންމަރު 9393351އަށް ގުޅާ އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.
އާ "ޖޭމްސް ބޮންޑް" ހޯދުމުގެ މަސައްކަތް ފަށައިފި
ހައިވޭގައި ލާފައިވާ ދަވާދުގެ ސަބަބުން އެކްސިޑެންޓްވާކަމުގެ ޝަކުވާ
އދ އަށް ހުށަހެޅި ކަނޑުއޮޅީގެ ގަރާރު ރާއްޖެއިން ކޯސްޕޮންސާކޮށްފި
